Live 340,817 stories Updated Mar 26, 2026
Browse topics All stories

Latest stories

Live feed

މިދިޔަ އަހަރު ބީއެމްއެލްއިން ޑޮލަރު ވިއްކި އަދަދު %70 އިތުރު

ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ވިއްކި ޑޮލަރުގެ އަދަދު %70 އިތުރުވެފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްއަށް މާލީގޮތުން ކާމިޔާބު އަހަރެކެވެ. ބީއެމްއެލްގެ މާލީ ރިޕޯޓުން ދަ…

ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް، ނޫނެކޭ ބުނަންޖެހޭ: އީސަ

މި ސަރުކާރުން ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމަށް ނަގާ އެންމެ ފަހު ހަރުފަތް ކަމަށާއި، އެ ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނަންޖެހޭކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

ފިޠުރު ޒަކާތުގެ ފައިސާއިން، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ޕެކް

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިންނެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 5 ލައްކަ ރުފިޔާ، ފަލަޞްޠީނުގެ ޣައްޒާގައި ހާލުގައި ޖެހި…

ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއް، އާނއެކޭ ބުނެއްޖެނަމަ ސަރުކާރުގެ އަނިޔާވެރިކަން ފެންނާނެ: ޝިއްޕެ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއްކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

އޭސީޕީ ހުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ބަލައި، ފިޔަަވަޅެއް ނާޅަން: ޕޮލިސް

ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ އެންމެ އިސްވެރިޔާގެ މަގާމަށް މި ހަފުތާގައި އައްޔަން ކުރެއްވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށާއި އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ވެސް މިހާތަނަށް އަޅާފައި ނުވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ބޮޑުތަކުރުފާނު މަގު: އެއްގަމު ތޮށީގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، އެއްގަމު ތޮށީގެ މަސައްކަތްތައް ފަށައިފިއެވެ. މިމަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. އެމްޓީސީސީން ވިދާޅުވީ މަގުގެ މަސައްކަތުގައި އެންމެ ފުރަތަމަ ފަށާފައިވަނީ މިހާރު އޮތް އެއްގަމު ތޮށީގެ ކޮންކްރީޓް ތަޅާލާ، ނެގުމުގެ މ…

Loading fresh headlines…