ހުޅުމާލޭގެ 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި
25 Mar 2026, 13:11
Latest stories
Live feed25 Mar 2026, 13:11
އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް މަޑުޖައްސައިލަން އުޅޭކަމުގެ ވާހަކަ ދުރާލައި ލީކުކޮށްގެން، ދުނިޔޭގެ ތެލުގެ ބާޒާރުން އެތައް ބިލިއަން ޑޮލަރުގެ ނާޖާއިޒު ފައިދާ ނެގިކަމުގެ ތުހުމަތުތައް އަމާޒުވެއްޖެ އެވެ.
ވޯލްޑް ކަޕްގައި އިރާނާ ދެކޮޅަށް ކުޅެންޖެހޭ މެޗު، އެމެރިކާ ނޫން އެހެން ގައުމެއްގައި ކުޅެން ޖެހުނަސް އެކަމަށް ތައްޔާރަށް ތިބިކަމަށް ނިއު ޒިލެންޑްގެ ގައުމީ ޓީމުގެ ކުޅުންތެރިން ބުނެފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާތަކަށް ގެންނަ ބަދަލާ އެކު، ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީ ވާނެ ކަމަށް ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ އުމުރުފުރާގެ މުބާރާތުގެ އިންތިޒާމްތަކަށް ބަންގްލަދޭޝްގެ ކޯޗު، އަޔަލެންޑްގެ މާކް އެޑްވާޑް ކޮކްސް ތައުރީފް ކޮށްފި އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %6.5 އިތުރުވުމެކެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 601،707 ފަތުރުވެރިން…
ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ ހަނގުރާމައަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، "ސިޔާސީ ގޮތުން ހެދުނު ބޮޑު ގޯހެއް" ކަމުގައި ވިދާޅުވެ، ޖަރުމަނުވިލާތުގެ ރައީސް ފްރެންކް-ވާލްޓަރ ޝްޓައިންމަޔަރ އެމެރިކާގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެއްޖެއެވެ. ޖަރުމ…
މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވައިލައްވައިފިއެވެ. އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިކަމާ ގުޅިގެން އެ ކޮމެޓީން ގެޒެޓު…
ހއ. މުރައިދޫ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް މިހާރު އެރަށުގައި މަސައްކަތް ކުރަމުންދަނީ އެމްޓީސީސީގެ އެންމެ 4 ބިދޭސީ މުވައްޒަފުން ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ.
25 Mar 2026, 11:30
Loading fresh headlines…