Live 340,875 stories Updated Mar 25, 2026
Browse topics All stories

Latest stories

Live feed

އެމްޓީސީސީ އިން އެމްޑީޕީގެ ކެމްޕެއިން ބެނާތަކަކަށް ގެއްލުންދީ ނަގައިފި

ބޮޑުތަކުރުފާނުމަގު އެމްއެމްއޭ ސަރަހައްދު ބަނދަރުމަތީގައި އެމްޑީޕީން ހަރުކޮށްފައި ހުރި ކެމްޕެއިން ބެނާތަކެއް، އެމްޓީސީސީގެ ޔުނީފޯމުގައި ތިބި މުވައްޒަފުންތަކެއް ނިކުމެ އަންގާރަ ދުވަހު ނަގައިފި އެވެ.

ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމުގެ ނުތަނަވަސްކަމަކީ "ސިޔާސީ އޮއިވަރެއް"

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމާ މެދު ނުތަނަވަސްކަމެއް އޮތްއިރު، އެއީ މި ދުވަސްވަރުގެ ގޮތުން ދިމާވެފައިވާ "ސިޔާސީ އޮއިވަރެއް"ގެ ގޮތުގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ވޯކްސް ޔުނިޓްތަކަށް 516 މުވައްޒަފުން ނަގައި، 9.1 މިލިއަން ޑޮލަރުގެ ތަކެތި ގެންނަނީ

ޕަބްލިކް ވޯކްސް ޔުނިޓް ތަރައްގީ ކުރުމަށްޓަކައި 4 މޮބައިލް ޔުނިޓަށް ޖުމްލަ 516 މުވައްޒަފުން ނެގުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އުވާލާ މާލޭގައި ހުންނަ މިނިސްޓްރީއިން އަތޮޅު އޮފީސްތައް ހިންގާ ގޮތަށް ހަދަނީ

އައު ކައުންސިލް ހުވާކުރާ ހިސާބުން އަތޮޅު ކައުންސިލްތައް އުވުނަސް، އެ އޮފީސްތައް މާލޭގައި ހުންނަ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށުން ހިންގާނެ ކަމަށާއި، ހަމައެކަނި ތަފާތަކީ ކައުންސިލް މެންބަރުން ނެތުން ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި

ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ތެރޭގައި ބާއްވާ ފަތުރުވެރިކަމުގެ މައުރަޒުތަކުގައި ބައިވެރިވުމަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރި ކަމަށް ކުރިމަތިވެދާނެ އަސަރުތައް ދެނެގަނެ، އެކަންކަމަށް ދ…

ދެ އިންތިހާބު އެއްކުރުމާއި އިބްރާ ދެކޮޅު، ވިދާޅުވީ އެ ކުރެވެނީ ސިޔާސީ ވަކި މަޤްޞަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިޤާލީ ހާލަތެއް ނެތި އިންތިޤާލީ ކަމެއް ކުރުން ކަމަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ތައްޔާރުވަމުން އަންނައިރު، މިއީ ސިޔާސީ ވަކި މަޤްޞަދެއް މި ވަގުތަށް ހާސިލްކުރުމަށް އިންތިޤާލީ ހާލަތެއް ނެތި އިންތިޤާލީ ކަމެއް ކުރުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ހާއްސަ މަޖިލ…

ކުޅުންތެރިންނަށް ޕްރެޝަރކުރުން ރަނގަޅެއް ނޫން: އުރުބާނީ

ރާއްޖޭގައި ކުރިޔަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަކީ ދިވެހި ޓީމަށް ތަޖުރިބާއެއް ކަމަށާއި، ކޮންމެހެން ކާމިޔާބުކުރުން މަޖުބޫރު މުބާރާތެއް ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗު އަދި ރާއްޖޭގެ ފުޓުބޯޅަ އިދާރާގެ ޓެކްނިކަލް ޑައިރެކްޓަރ އިސްޓަވާން އުރުބާނީ ބުނެފިއެވެ. އުރުބާނީ މިހެން …

Loading fresh headlines…