Live 340,953 stories Updated Mar 23, 2026
Browse topics All stories

Latest stories

Live feed

ބުރުގާ މަނާކުރަން ގޮވާލި ގޮވާލުމަށް ތާއީދުކުރުމުން ޖޯން ޓެރީ ހޫނުފެނަށް

އިނގިރޭސިވިލާތުގައި ބުރުގާ މަނާކުރުމަށް ސިޔާސީ މީހަކު ގޮވާލި ގޮވާލުމަކަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ކޮމެންޓް ކުރުމުން އިނގިރޭސި ގައުމީ ޓީމާއި ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ ހޫނުފެނަށް ވެއްޓިއްޖެ އެވެ.

"މުސްލިމުންގެ މެދުގައި ތަފާތު ނަންތައް ބޭނުންކުރަނީ އުންމަތް ބައިބައިކުރުމަށް"

މުސްލިމުންގެ މެދުގައި ތަފާތު ފިކުރުތަކަށް ނިސްބަތްކޮށް ނަންނަމުން މުޚާތަބު ކުރަނީ އުންމަތް ބައިބައި ކުރުމަށް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިރާނަށް ތާއީދުކުރުމުން އެމެރިކާގެ ކުންފުންޏަކުން ހޮންޑާއަށް ފިޔަވަޅު އަޅައިފި

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އިރާނުން ބައިވެރިވުމަށް ތާއީދުކޮށް ވާހަކަދެއްކުމާ ގުޅިގެން، އެމެރިކާގެ ކުންފުންޏަކާއެކު ހަދަން އުޅުނު އިޝްތިހާރު އެއްބަސްވުމެއް ކެންސަލްވެފައިވާ ކަމަށް ޖަޕާނުގެ ފުޓްބޯޅަ ލެޖެންޑް ކެއިސޫކޭ ހޮންޑާ ބުނެފި އެވެ.

ބައިނަލްއަގުވާމީ އެއާލައިނެއްގެ ދެވަނަ ހަބަކަށް ރާއްޖެ!

ރާއްޖޭގެ އެއާޕޯޓެއް ބައިނަލްއަގުވާމީ އެއާލައިނެއްގެ ދެވަނަ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ރާވަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު އަމީން ވަނީ ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ދަތުރުފަތުރު…

މޫސުމީ ބަދަލުތަކަށް ތައްޔާރުވެވޭނީ މޫސުން ދިރާސާކޮށްގެން!

ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 23ވަނަ ދުވަސް ދުނިޔޭގެ މީޓިއޮރޮލޮޖިކަލް ޑޭ ނުވަތަ މޫސުމާބެހޭ ދުވަސް ފާހަގަކުރަނީ 1950ވަނަ އަހަރު ދުނިޔޭގެ މޫސުމާބެހޭ ޖަމުޢިއްޔާ، ޑަބްލިޔުއެމްއޯގެ މަސައްކަތްތައް ފެށުނު ދުވަހާ ގުޅިގެންނެވެ. މި ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަނީ މޫސުމަކީ ކޮންމެ ޤައުމަކާއި، …

ސްޕޯޓްސް ފިޝިންގ ފަދަ ދާއިރާތަކުން ފަތުރުވެރިކަން ސިންދަފާތުކުރަނީ!

ސްޕޯޓްސް ފިޝިންގްއާއި ސްޕިއަރ ފިޝިންގް ފަދަ ދާއިރާތަކަށް އިސްކަންދީގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގު…

އެތްލެޓިކޯ އަތުން ރެއާލް އަށް ހަނި މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ. މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި ފުރަތަމަ ލަނޑު ޖަހ…

އާސެނަލް ބަލިކޮށް ލީގު ކަޕްގެ ޗެމްޕިއަންކަން ސިޓީން ހޯދައިފި

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ އިން ހޯދައިފި އެވެ. މެންޗެސްޓަރ ސިޓީ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި 2-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކުރުމަށްފަހުގަ އެވެ. އިނގިރޭސި ޕްރިމިއާ ލ…

އުރްބާނީއަށް އެއްވަގުތެއްގައި ދެ ޓީމުގެ ޒިންމާ: "މިއީ ދެ ޖީލު ގުޅުވާލަދޭ މަސައްކަތެއް"

ރާއްޖޭގައި މިއަދު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާ އެކު އެންމެ ބުރަ މީހަކަށް ވަނީ ކޯޗު އިސްތަވާން އުރްބާނީ އެވެ. އެ މުބާރާތުގައި ރާއްޖޭގެ ޓީމުގެ ކޯޗުގެ މަގާމާ އެކު، ތިން މަސްއޫލިއްޔަތެއް އެއްފަހަރާ އޭނާ އަދާކުރާނެ ދަނޑިވަޅަކަށް މި ވަގުތު ވެގެންދާނެ އެވެ.

ބީއެމްއެލްގެ މާލީ ކާމިޔާބީތައް ރާއްޖޭގެ އިގުތިސާދީ ކުރިއެރުމާ ގުޅިފައި!

ގައުމީ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކޮންމެ އަހަރަކު ނިމޭއިރު އާންމުކުރާ މާލީ ހިސާބުތަކުގައި އެ އަހަރަކު ރާއްޖޭގެ މުޅި އިގްތިސާދީ ހާލަތު ވަޒަންކޮށްލެވެ އެވެ.

Loading fresh headlines…