Live 340,970 stories Updated Mar 23, 2026
Browse topics All stories

Latest stories

Live feed

"އެފޯޑަބަލް ހައުސިންގ" މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓަށް ޒިޔާރަތްކުރައްވައި، "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގެ ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.

ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް އަސްކަރީ ނުރައްކަލެއް ނެތް: ޣައްސާން

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ރާއްޖެ އަށް އަސްކަރީ ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ދެއްވައިފި އެވެ.

އެފޯޑަބަލް ހައުސިންގެ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ. މި މަޝްރޫޢު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާފައިވަނީ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބަ…

އުއްމީދުތަކާ ގުޅިފައިވާ ޒުވާން ޤައުމީ ޓީމުގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފި

ހޯމަ ދުވަހު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޤައުމީ ޓީމުގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފިއެވެ. ޒުވާން ސްކޮޑު އެކުލަވާލުމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ކާމިޔާބު، މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސްކޮޑުން ފު…

އީރާން ހަނގުރާމަ: ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް މަޝްވަރާ ކުރުމަށް 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަދޭން އެދެފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރު ވުމަށް މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެން އެ…

ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ގައުމެއް ސަރުކާރުން ހާމަކުރަން ދެކޮޅު ހަދައިފި

އެމެރިކާއާއި އިސްރާއިލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދުނީ ކޮން ގައުމެއް ކަމެއް ބުނަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ގްރޫޕް ސްޓޭޖަށް ބޮޑު ސަމާލުކަމެއް ދޭނަން: ނޭޕާލް

މާދަމާ ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ނޭޕާލްގެ ގައުމީ ޓީމުން ގުރޫޕް ސްޓޭޖުގެ ނަތީޖާތައް ރަނގަޅު ކުރަން ބޮޑު ސަމާލުކަމެއް ދޭނެކަމަށް ޓީމުގެ ކޯޗު އުރުޖަން ޝްރެސްތާ ބުނެފިއެވެ. މި މުބާރާތުގައި ނޭޕާލް ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ބޫޓާން، ދިވެހިރާއްޖ…

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވެ، ސުވާލަށް ޖަވާބެއް ނުދެއްވި އެވެ.

ޢީދު ހަވީރު: 3 ދުވަހުވެސް ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް

ފިތުރު ޢީދު ދުވަހުގެ މުނާސަބަތުގައި މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ "ޢީދު ހަވީރަށް" މިއަދުވެސް ވަނީ ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައެވެ. މިއަދަކީ، މި ޢީދު ހަވީރު ކުރިއަށް ގެންދިޔަ އެންމެ ފަހު ދުވަހެވެ. ޢީދު ހަވީރުގެ ހަރަކާތްތައް މާލޭގެ އިތުރުން މިއަދުވެސް، ހުޅުމާލެ ފޭސް1، ހުޅުމާލެ …

Loading fresh headlines…