Live 341,016 stories Updated Mar 22, 2026
Browse topics All stories

Latest stories

Live feed

އާޓިފިޝަލް ބީޗުގައި ވޯލްޑްކަޕާއި ޕްރޮގްރާމުތައް ދައްކަން ލެޑް ސްކްރީނެއް ބަހައްޓަނީ

މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ލެޑް ސްކްރީނެއް ހަރުކޮށް، ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި މުޖުތަމައުއަށް ފައިދާ ހުރި އެހެން ޕްރޮގްރާމުތައް ފެންނާނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އައްޑޫގައި ހިނގި ކާރު އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ މާލެއަށް؛ އޮތީ ވެންޓިލޭޓަރުގައި

އައްޑޫ ހިތަދޫގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އއ އާއި ބ އަދި ރ އަތޮޅަށް ފުރާ ވަޑައިގެންފި އެވެ.

މޯލްޑިވިއަނުގެ ޗައިނާ ޖެނެރަލް ސޭލްސް އެޖެންޓަކަށް، މެގަކެޕް އޭވިއޭޝަން

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ޖެނެރަލް ސޭލްސް އެޖެންޓް (ޖީ.އެސް.އޭ) އަކަށް "މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑް" އައްޔަނުކޮށްފިއެވެ. މިއީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވިއަން އިން ކުރަމުންދާ މަސައ…

ޓެކްސީލައިންއަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކް-އިން-އިންޓަރވިއުއެއް!

ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށް ގެންދިޔުމަށް އެމްޓީސީސީން ނިންމައިފިއެވެ. ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ މިދިޔަ ޖެނުއަރީ މަހުވެސް ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށް ގެންގޮސްފައެވެ. އެމްޓ…

"އާއިލީ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނަމަ ފްލެޓު ގަތުމުގެ ފުރުސަތު ލިބޭނެ"

ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ގަނެވޭނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އަދި އެމީހުންނަކީ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ޝަރުތުހަމަވާ މީހުންނަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

Loading fresh headlines…