ކުރިން ނުކުރެވުނު ކަމެއް ބާކީ އޮތް 2 އަހަރަކު ނުވާނެ، ވޯޓު ދޭންވީ ބަދަލަކަށް: މޫސަ
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރެވޭނެ ކަމަށް ސަރުކާރުން ވަކާލާތު ކުރި ނަމަވެސް، ނިމިދިޔަ 2 އަހަރު ތެރޭގައި ނުކުރެވުނު ކަމެއް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ވެސް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.