Live 341,212 stories Updated Mar 15, 2026
Browse topics All stories

Latest stories

Live feed

މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މާލޭ-ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި 2023 ވަނަ އަހަރު ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

އުނދަގޫ މޮޅަކާއެކު އެތުލެޓިކޯއިން މަގާމު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑުން، ގެޓާފޭގެ މައްޗަށް އުނދަގޫ މޮޅެއް ހޯދައިފިއެވެ. އެތުލެޓިކޯގެ ރިޔާދު އެއަރ، މެޓްރޮޕޮޮލިޓާނޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރުސަތުތަކުގެ ބޭނުން ނުހިފުނު މި މެޗުގ…

އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.3 ބިލިޔަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.3 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މީރާއިން އާންމުކޮށްފައިވާ އެންމެ ފަހު…

ފިޠުރު ޢީދު ދުވަހު ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވާނެ

މި އަހަރުވެސް ފިޠުރު ޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވާ ގޮތަށް ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރެއްވުން އޮންނާނީ ފިޠުރުޢީދު ދުވަހު ހެނދުނު 9:00 ން 11:00 އަށް ރައީސ…

ފެލިވަރުގައި ޤާއިމުކުރާ ކޭނަރީގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށަނީ

ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރާ 100 ޓަނުގެ ކޭނަރީގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް ޕްރޮސެސްކުރާ ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރ…

Loading fresh headlines…