ކާށިދޫ ކަނޑުގައި މި މައިންބަފައިން އުފުލަނީ ބޮޑު ތަކުލީފެއް
އަހަރުމެން ގޮސް އެ ގޭގެ ފަހަތުގައި ވަކިން އަލަށް ހަދަން ފަށާފައި އިން ބައެއްގެ ދޮރުން އެތެރެއަށް ވަނީމެވެ. ގޯތިތެރޭގައި ހުރި ބޮޑު އަނބު ގަސްދޮށުގައި ސައިފް ޝަރީފާއި އޭނާގެ މަންމަ ހާލިދާ އަބޫބަކުރާ ދެމައިން ތިބީ ކާށި ހެހުމުގެ މަސައްކަތުގަ އެވެ.