ސްޓައިޕެންޑުތައް މުރާޖާކުރާއިރު ޤައުމުތަކުގެ ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާނެ
ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑުތައް މުރާޖާކުރާއިރު ޤައުމުތަކުގެ ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.