ލަންކާ-ރާއްޖެ އަޚުވަންތަަކަމުގެ ގުޅުން ފާހަގަކޮށް، އެހީ ބަލައިގަތީ ނުހަނު ޝުކުރުވެރިކަމާއެކު
ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތީ ޒަމާންވީ ދިގު ތާރީޚެއްގެ މައްޗަށް ބިނާވެފައި އޮތް އަޚުވަންތަ ކަމުގެ ގުޅުމެކެވެ. ދިވެހިންގެ 4000 އަހަރުވީ ދިގު ތާރީޚުގައި ލަންކާ ނުވަތަ ސިލޯނަކީ، ވިޔަފާރީގެ ގޮތުން ރާއްޖެއާއި ގާތް ގުޅުންތަކެއް ބޭއްވި ޤައުމެކެވެ. ދިވެހި ބޯޓުފަހަރު އަހަރަކު ދެ ފަހަރު ވިޔަފާރިއާގެން ސ…