Live 341,775 stories Updated Mar 4, 2026
Browse topics All stories

Latest stories

Live feed

އީރާނުގެ މަދަރުސާއަށް ދިން ޙަމަލާ ތަޙުޤީޤުކުރަން އދއިން ގޮވާލައިފި

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި އެ ޤައުމުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މީނާބްގައި ހުންނަ އަންހެން ކުދިންގެ މަދަރުސާއަކަށް ދިން ޙަމަލާގެ ފުރިހަމަ ތަޙުޤީޤެއް ހިންގަން އދގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ގޮވާލައިފިއެވެ. އެ އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، އެ ޙ…

އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް އިތުރު ފުރުސަތެއް

އަންނަ މަހުގެ މަހު ނެގުމަށް ހަމަޖެހިފައިވާ 3 ވޯޓު މޮނިޓަރކޮށް އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ. އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އި…

ނިރުބަވެރި ޢުދުވާނުތަކާ ދެކޮޅަށް އީރާނުގެ މައި އަޑަކަށް ޢަލީ ލަރިޖާނީ

ފާއިތުވި އަހަރުތަކުގައި އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިސް މުޝީރު، ޢަލީ ލަރިޖާނީ ދުނިޔެއަށް ފެނިފައިވަނީ ހުޅަނގުގެ ޤައުމުތަކާ އެކު ކުރި މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި ވަރަށް މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް، މާޗް 1ވަނަ ދުވަހު، އެމެރިކާއާ ގުޅިގެން ޔަހޫދީން އީރާނަށް ދިން ނ…

އިންތިހާބު އެއްކޮށް ބޭއްވުމުގެ ނަތީޖާ އަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން: ރައީސް ސޯލިހު

ވެރިކަމުގެ ބާރާއި، ފައިސާއާއި ވަޒީފާގެ ނުފޫޒާއެކު ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބާއްވައިފިނަމަ، މުޅި މަޖިލީހުގެ ކޮންޓްރޯލް ވެރިކަމުގައި ހުންނަވާ ބޭފުޅަކު ނަންގަވާނެ ކަމަށާއި، އޭގެ ނަތީޖާއަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން ކަމަށް …

މީޑިއާ ކޮމިޝަނުގެ ރަސްމީ ލޯގޯ ބޭނުން ކުރަން ފަށައިފި

މީޑިއާތަކާއި ބްރޯޑްކާސްޓަރުންގެ ބެލެނިވެރިފަރާތެއްގައި ދާދި ފަހުން ޤާއިމްކުރި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ލޯގޯ ބޭނުން ކުރަން ފަށައިފިއެވެ. އެކޮމިޝަނުގެ އައު ލޯގޯ ބޭނުން ކުރަން ފަށާފައިވަނީ މާރިޗު މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ. މި ލޯގޯ ފަރުމާކޮށްފައިވަނީ ކޮމިޝަންގެ މަޤް…

އިންތިޚާބު މޮނިޓަރކޮށް އޮބްޒާވްކުރުމަށް އިތުރު ފުރުޞަތެއް ހުޅުވާލައިފި

2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު އޮބްޒާވްކުރުމާއި މޮނިޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އިތުރު ފ…

ހަނގުރާމައާ ގުޅިގެން ތެލަށް ނުޖެހޭނެކަމުގެ ޔަގީންކަން އެބައޮތް: މިނިސްޓަރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ގޭސް މެދުކެނޑުމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފި އެވެ.

އަންނަ މަހުގެ 4 ގައި ބާއްވާ އިންތިޚާބަށް 588 ވޯޓު ފޮށި ބަހައްޓާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމުލަ 588 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ. އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް…

އިރާނުގެ އަންހެން ޓީމު ދަނޑަށް ނުކުތީ ރޮމުން

ހަނގުރާމައިގެ މައިދާނަކަށް ގައުމު ބަދަލުވެފައި ވަނިކޮށް، އޭޝިޔާ ކަޕްގެ އަންހެން ފުޓްބޯޅަ މުބާރާތުގައި އިރާން ވާދަކޮށްފި އެވެ. މާޗު 1 އިން 21 އަށް އޮސްޓްރޭލިޔާގައި ކުޅޭ މުބާރާތުގައި ދެކުނު ކޮރެޔާއާ ދެކޮޅަށް ކުޅުނު މި މެޗުގައި އިރާނުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ގައުމީ ސަލާމް ޖެހި ވަގުތ…

ވޯޓު ފޮށީގެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އ…

Loading fresh headlines…