Live 341,783 stories Updated Mar 3, 2026
Browse topics All stories

Latest stories

Live feed

އެމެރިކާ އިން ޚާމަނާއީ އަވަހާރަ ކޮށްލުން، ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

އެމެރިކާ އިން ދިން ހަމަލާއެއްގައި އީރާންގެ އެންމެ މަތީ ވެރިޔާ، އަދި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަކޮށްލި ކޮށްލުން ، ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އެކަން ކުށްވެރި ކުރައްވައިފި އެވެ.

އީރާންގެ ޑްރޯން ހަމަލާއެއްގައި ސައޫދީގެ އެމެރިކާ އެމްބަސީގައި ރޯވެއްޖެ

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލުހިފުމަށް އީރާނުން ދޭ ރައްދު ހަމަލާތަކުގައި، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ރޭ އީރާނުން ދިން ޑްރޯން ދެ ހަމަލާއެއްގައި އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ޓްރައޯރޭގެ ހަށިގަނޑު މާ ވަރުގަދަވުމުން، އިތުރަށް ބަރުއުފުލުން ކޯޗު މަނާކޮށްފި

ވެސްޓް ހޭމް ޔުނައިޓެޑްގެ ވިންގާ އަޑަމާ ޓްރައޯރޭގެ ހަށިގަނޑުގެ މަސްތައް މިހާރުވެސް ވަރުގަދަ ކަމަށް ބުނެ، އޭނާ އިތުރަށް ބަރުއުފުލުމުގެ ތަމްރީނުތައް ކުރިއަށްގެންދިއުން އެ ޓީމުގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ މަނާކޮށްފިއެވެ.

އައްޑޫ، ކެންޔާ އަދި ޖަކާޓާއާ ދެމެދު ޓްރޭޑް ރޫޓެއް ގާއިމް ކުރަން ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ

އައްޑު އާއި ކެންޔާ އަދި އިންޑޮނޭޝިޔާއާ ދެމެދު އިކޮނިމިކް ޓްރޭޑް ރޫޓެއް ގާއިމް ކުރުމުގެ ހިޔާލު ކުރިއަށް ނެރުއްވައި، އެކަން ހާސިލް ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްޕުޅު ފައްޓަވައިފި އެވެ.

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓަކަށް ސްވައިޕް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައިފިއެވެ. ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕް އަދި ވިޒިޓް މޯލްޑިވްސްއާ ދެމެދުގައި މިކަމާ ގުޅޭ ސްޓްރެޓިޖިކް އެއްބަސްވުމުގައި ވަނީ، ސޮއިކޮށްފައެވެ. މި އެއްބަސްވުމާއެކު…

އައްޑޫސިޓީން މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރު ކުރި ގްރޫޕުގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެއްކެއް ނެތް: ޕީޖީ

އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، އެކަމުން ލިބޭ ފައިސާ ލޯންޑަރކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އެސޯސިއޭޝަންތައް ކަތިމަގަކުން ދިޔަނުދޭން މިނިސްޓަރުގެ އިލްތިމާސެއް

ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރޭގައި ހިނގާ ނުރަނގަޅު ކަންކަމާއި ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، އެ ތަންތަނުގެ ހިންގާ ކޮމިޓީ (އެކްސްކޯ) މެންބަރުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވެ، ޒިންމާދާރުވުމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އިލްތިމާސް ކުރައްވައިފިއެވެ.

Loading fresh headlines…