Live 341,804 stories Updated Mar 2, 2026
Browse topics All stories

Latest stories

Live feed

ހަނގުރާމައާ ހެދި 35 ޕަސެންޓު ޓޫރިސްޓުން އައުން ހުއްޓޭނެ: ތޯރިގް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ އެކު، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި، ރާއްޖެ އަށް އަންނަން ތިބި 30-35 ޕަސެންޓު އައުން ހުއްޓިދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް އިހުމާލުވެއްޖެ: ޝާހިދު

މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ބޮޑުތަނުން އިހުމާލުވެފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އޮޅުވާލައިގެން ހުޅުމާލެއިން ގޯތި ހޯދަން އުޅުނު މައްސަލާގައި 12 މީހަކަށް ދައުވާކުރަނީ

ހުޅުމާލެއިން ގޯތި ލިބިފައިވާކަމަށް ދައްކައި ސައްހަނޫން ލިޔެކިޔުން ހަދައިގެން ހުށަހަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ބައެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ( ޕީޖީ) އިން ބުނެފިއެވެ.

އީރާނުގެ ޙަމަލާތައް ވަރުގަދަކޮށްފި، ބަޙްރައިން، ޤަޠަރު އަދި ޔޫއޭއީގައި ބާރުގަދަ ގޮވުންތަކެއް

އެމެރިކާއާ ގުޅިގެން ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް އީރާނުން މިއަދުވެސް ޙަމަލާތައް ދެމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ …

މެދުއިރުމައްޗަށް ޓްރާންސިޓް ނުވައި ފްލައިޓުތަކުގެ ޢަދަދު އިތުރުކުރަނީ

މެދު އިރުމަތީގެ މަސްރަޙު ހޫނުވެ، ދަތުރުފަތުރަށް ބުރުއެރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރާ އަސަރު ކުޑަކުރުމަށް މެދުއިރުމައްޗަށް ޓްރާންސިޓް ނުވާ ފްލައިޓުތަކުގެ އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. …

ބިންވެރިޔާ ސްކީމުގެ، ސައްހަނޫން ލިޔުންތަކުގެ މައްސަލާގައި 12 މީހަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަމަށް ދެއްކުމުގެ ގޮތުން ސައްހަނޫން ލިޔުންތަކެއް އުފައްދައި، އެ ލިޔުންތައް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހެޅި މައްސަލާގައި 12 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅަ…

"ލޫޓުވާލި" މުޒާހަރާގައި ފުލުހުންގެ ދައުރަށް ހުރަސް އެޅި 8 މީހަކަށް ދައުވާކޮށްފި

އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރު މާލޭގައި ބޭއްވި ލޫޓުވާލައިފި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި 8 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ) އިން ނިންމައިފިއެވެ.

ކުރީގެ ރައީސުންވެސް ދެ އިންތިހާބު އެއްކުރުމަށް ތާއީދުކުރީ ރަނގަޅުވީމަ: ޝިޔާމް

ކުރީގެ ރައީސުންވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރެއްވީ ރަނގަޅު ނަތީޖާތަކެއް ނިކުންނާނެކަން އިނގޭތީ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) ގެ ނައިބުރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅު…

Loading fresh headlines…