ވެލާނާ އެއާޕޯޓުގައި 2،000 އަށް ވުރެ ގިނަ ޓޫރިސްޓުން ތާށިވެފައި
އެމެރިކާއިން އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާތީ 2،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެފައި އެބަތިބި ކަމަށް އިނަ މޯލްޑިވްސްގެ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.