އެފޯޑަބަލް ހައުސިން މަޝްރޫޢުގެ އެންމެ ބޮޑު ބޭނުން މިނިސްޓަރ ކިޔައި ދެއްވައިފި
އެފޯޑަބަލް ހައުސިން މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ އަލަށް ގެއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ގެއެއް ގަނެވޭނެ މަގު ފަހިކޮށްދީ އާއިލީ ބޯހިޔާވަހިކަމަށް އިސްކަން ދިނުން ކަމަށް ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.