Live 359,325 stories Updated Oct 26, 2026
Browse topics All stories

Latest stories

Live feed

އައު އިސްލާހާއެކު ޓެކުހަށް މަކަރު ހެދުން ނިމުމަކަށް ގެނެވޭނެ: މެންބަރުން

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިޞްލާޙުގެ ސަބަބުން، ޓެކްސް ދެއްކުމަށް މަކަރު ހެދުން ކުޑަކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ. ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި މެމްބަރުން ވަ…

އުފެއްދުންތެރިކަމުގެ މައުރަޒު: ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ޚާއްޞަ ހަރަކާތްތަކެއް

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރޭ ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށާފައެވެ. މި މައުރަޒު އަންނަ މަހުގެ 2ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު އެކި އުމުރުފުރާގެ ފަރާތްތަކަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިއަހަރު ކުރިއަށްގެ…

ދިވެހި ޓީމު އަބަދުވެސް މަސައްކަތް ކުރާނީ ތައްޓަށް: ޠާރިޤް

ރާއްޖޭގެ ޤައުމީ ޓީމު އަބަދުވެސް މަސައްކަތް ކުރާނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށް ރާއްޖެއަށް ފުރަތަމަ ސާފް ތަށި ހޯދައިދިން ފޯވާޑް އަދި މިހާރު ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު ޠާރިޤް ވިދާޅުވެއްޖެއެވެ. އެފްއޭގެ ރައީސް ޠާރިޤް މިހެން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ޤައުމީ ޓ…

ބޭރު ފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަން ހާމަކުރަނީ

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓުގައި ޝާޢިއުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ޤ…

މާކުރަތުގެ ބަނދަރާއި ކައުންސިލް އިދާރާގެ މަސައްކަތް ނިމުމަކާ ގާތަށް

ރ.މާކުރަތަކީ 1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގެ ތަރައްޤީއަށް، އެކި ދާއިރާތަކުން ގިނަ މަޝްރޫޢުތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. މިވަގުތު އެންމެ ބާރަށް ކުރިއަށްގެންދާ އެއް މަސައްކަތަކީ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތެވެ. އެގޮތުން ބަނދަރުގެ އެއްގަމު ތޮއްޓަށް 450 މ…

ވަގަށް ވަދެ އުޅުނު ބޯޓުތަކުގެ މައްސަލާގައި ސަލާމަތީ ހިދުމަތްތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅައިފި

ރާއްޖެއަށް ވަގަށް ވަނުމުން ކަސްޓަމްސް އިން ހިފަހައްޓާފައި އޮތް ދެ ބޯޓެއް ނަގިލި ކަނޑައިގެން އޮޔާ ގޮސް މާލޭގެ ފަރަށް އެރުމާ އެކު ސިނަމާލެ ބްރިޖުގައި ޖެހުނު މައްސަލާގައި ތަންފީޒީ އިދާރާތަކުގެ ވެރިން ހާޒިރުކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ހޯމް-ސްކޫލިން ތައާރަފްކުރަން މަޖިލީހަށް ބިލެއް ހުށަހަޅައިފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ބައިތިއްބަައިގެން ކިޔަވައިދޭ އުސޫލު ނުވަތަ "ހޯމް ސްކޫލިން" ތައާރަފްކުރަން ތައުލީމުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުރާ ދާއިރާގެ މެމްބަރު، އަނާރާ ނަ…

ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ: ޒިޔާދު

ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ ކަމަށާއި 20 ވަނަ މަޖިލީހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތެތް ފޮށާ އުފުލުން ނޫން ކަމެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…