Live 342,532 stories Updated Feb 23, 2026
Browse topics All stories

Latest stories

Live feed

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ގެންދިޔަ ސާމާނު ބޭނުންކޮށްގެން އަމިއްލަ މީހެއްގެ ގޯތީގައި ޕީއެންސީގެ ޖަގަހަ އެއް އަޅަނީ

ލ.އިސްދޫ ވޭސްޓު މެނޭޖުމަންޓު ސެންޓަރ އަޅަން ވެމްކޯއިން ގެނެސްފައިވާ ތަކެތި ބޭނުންކޮށްގެން އިސްދޫ އަމިއްލަ މީހެއްގެ ގޯތީގަ ސަރުކާރުގެ ކުންފުނި ތަކުގެ މުވައްޒަފުން ނެރެގެން ރެޔާ ދުވާލު ބޮޑު ހޯލެއް ރާނާ ހިޔާ ކުރަމުންދާ ކަން ހާމަވެއްޖެ އެވެ.

ގުނަވަން ޓްރާންސްޕްލާންޓް ބިލު: ކުޑޫ ކަންބޮޑުވުން ފާޅުކުރެއްވީ ގިނަ ބަޔަކު ކިއުގައި ތިބެ ބޮޑެތި ހޮސްޕިޓަލުތަކުން ތައްޔާރު އިރުވެސް ބިލުގެ މަސައްކަތް ލަސްވާތީ

ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ ބިލު ގެ މަސައްކަތް ލަސްވާތީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސައުދީން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ ރަމަޟާންމަހަކު ކުރިއަށްގެންދާ ކަދުރު ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ. މިކަމައްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު މިނިސްޓްރީއާ ހަވާލުކޮށްދެއް…

ޕްރެޝަރު ބޮޑުވުމުން އެމްއޭސީއެލް އިން ރަމަޟާން މަހު އޯޓީ ދޭން ނިންމީ 8 ގަޑިއިރު ޑިއުޓީ ކުރަން މަޖުބޫރު ކުރުމަށްފަހު!

އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެ، ޕްރެޝަރު ބޮޑުވުމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ރަމަޟާން މަހު 8 ގަޑިއިރު މަސައްކަތް ކުރަން މަޖުބޫރުކޮށް، އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފި އެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ސިޓީ ކައުންސިލުން އަލުން ފަށަނީ

ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ޚިދުމަތް ތައާރަފު ކުރުމަށްޓަކައި އެ ހިދުމަތް ދޭން ބޭނުންކުރާނެ ބަގީ ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ: މާޒް ސަލީމް

އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތަކީ ވަކަރަށް ޖަހަން ކުރާ ކަމެއް، އޭގެ ފަހުން އަންނާނީ ވެރިކަން ދަންމާލުމުގެ ވާހަކަ ކަމަށް އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ، އެކަމަށް ނޫނެކޭ ބުނަން ޖެހޭ: ފައްޔާޒް

މި ވަގުތު އިންތިޚާބުތައް އެއްކޮށްލުމަށް އާ އެކޭ ބުނެފި ނަމަ ޑިމޮކްރެސީ އެއްކޮށް ފުނޑުފުނޑު ވެގެން ދާނެ ކަމަށާއި، އެކަމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އީކޮމާސް ވެބްސައިޓުތައް ބޮލޮކް ނުކުރޭ!

ބައިނަލްއަޤްވާމީ އީކޮމާސް ޕްލެޓްފޯމްތައް ކަމުގައިވާ އޭޒަން އަދި އަލިއެކްސްޕްރެސް ބޮލޮކްކޮށްފައިވާ ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ. ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ބޭރުގެ ބައެއް އީކޮމާސް ޕްލެޓްފޯމްތައް ބޭންކް އޮފް މޯލްޑިވްސްއިން ބްލޮކޮށްފައިވާ ކަމަށް މީސްމީޑިއާގައި ދަނީ ފެތު…

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

މި ސަރުކާރުން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އިންތިހާ އަށް ކުޑަކޮށްފި، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ ކަމަށް މާލޭގެ މޭޔަރ އަދި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރ ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ފުރަތަމަ މުބާރާތުގެ ފުރަތަމަ މެޗުގައި ނާލި އެކްސްޗޭންޖަށް މޮޅެއް

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ހަތަރުވަނަ ދުވަހުގެ ފުރަތަމަ މެޗުން، ހަފްލާންއާއި ވާދަކޮށް ނާލި އެކްސްޗޭންޖް މޮޅުވެއްޖެއެވެ. މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައި ކުރިއަށްދިޔަ މ…

ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ޝަފީޢު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު ޢައްޔަންކުރައްވައިފިއެވެ. ފަނޑިޔާރު ޝާފީޢު ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިން…

Loading fresh headlines…