Live 342,645 stories Updated Feb 20, 2026
Browse topics All stories

Latest stories

Live feed

މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބޭ، އީރާނަށް އެމެރިކާގެ އައު އިންޒާރެއް

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުމާއެކު، އީރާނަށް ޙަމަލާދޭންޖެހިދާނެކަމަށް ބުނެ އެމެރިކާއިން އިންޒާރުދީފިއެވެ. ސްވިޓްޒަރލޭންޑުގެ ޖެނީވާގައި މި ހަފްތާގައި ބޭއްވި މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ނުލިބި ވަނީ ނިންމާލައި…

ޑިސެމްބަރުމަހާއި އަޅާބަލާއިރު ޖަނަވަރީމަހު ބޭރަށް ހިންގުމާއި ޑެންގީ އިތުރު!

މިދިޔަމަހު ޑެންގީއާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު އޭގެކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ޑެންގީއާއި ބޭރަށް ހިންގުން އިތުރުވެފައިވާތީ މި ހާލަތުގައި އާންމު ސާފްތާހިރުކަމަށް ސަމާލުކަނ…

ހޭންޑީ ވޯޓާގެ ޖަރާސީމު ހުރި ބެޗުގެ ހުރިހާ ފުޅިއެއް މާކެޓުން ނަގައިފި

ޖަރާސީމުގެ އަސަރު ހުރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) ގެ ޓެސްޓުތަކުން ދެއްކި ބެޗުގެ ހޭންޑީ ވޯޓާގެ ބިއްލޫރިފުޅިތައް މިހާރު ވާނީ މާކެޓުން ނަގާފައި ކަމަށް އެ ފުޅިތައް ބަންދުކުރާ ކުންފުނިން ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމު ޕީއެންސީ އަށް

ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓްގެ ކެންޑިޑެންސީއާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެކު، އެ މަގާމު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ކަށަވަރުވެއްޖެ އެވެ.

ޣައްޒާ ބޯޑުގެ ފުރަތަމަ ބައްބަދަލުވުން ބާއްވަން ތައްޔާރުވެއްޖެ

ފަލަސްޠީންގެ ޣައްޒާގެ ހިންގުމާ ޙަވާލުވާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ ޞުލްޙައިގެ ބޯޑުގެ ފުރަތަމަ ބައްދަލުވުން ބާއްވަން ތައްޔާރުވެއްޖެއެވެ. މި ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ތަފާތު 45 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ބެލެވެއެވެ. އެ ބައްދަލުވުމ…

ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވި 24 މީހަކަށް ދައުވާކުރަން ފޮނުވައިފި

ގެވެށި އަނިޔާ ލިބޭ ފަރާތްތައް ހިމާޔަތް ކުރުމަށް ނެރޭ ރައްކާތެރިކަމުގެ އަމުރާއި މިދިޔަ އަހަރު ޚިލާފުވި 24 މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖނަރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން ވަނީ މިފަދަ މައްސަލަތައް މިހާރު އިތުރުވަމުންދާކަން ފާހަގަކު…

Loading fresh headlines…