Live 342,704 stories Updated Feb 17, 2026
Browse topics All stories

Latest stories

Live feed

ރަމަޟާންމަހު އެމްޓީސީސީ ފެރީއާއި ބަހުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް

ރަމަޟާންމަހު މާލެ ސިޓީގައި އެމްޓީސީސީން ފޯރުކޮށްދޭ ފެރީއާއި ބަހުގެ ޚިދުމަތްތައްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާންމަހުވެސް އެކު…

ރަމަޟާންމަހު މާލެ ސަރަޙައްދުގައި މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި

ރަމަޟާން މަހުގެ މާލެ ސަރަޙައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ 1447 ވަނަ އަހަރުގެ ރަމަޟާންމަހު އަދި ޝަ…

20 ރުފިޔާއާއި 100 ރުފިޔާގެ އައު ނޫޓުތައް ދައުރުކުރަން ފަށައިފި

"ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާއާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދައުރުކުރަން ފަށައިފިއެވެ. އެމްއެމްއޭއިން ވިދާޅުވީ މިއީ، އިޤްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށް ނެރު…

އަފްލަހް ދެ އަހަރު ވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލީ އަފްލަހު ދެ އަހަރު ވަންދެން ކުއްޖަކަށް ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން އައިލެންޑް އޭވިއޭޝަނާ އެކު އެއްބަސްވުމެއް

ހައްޖާއި އުމްރާގެ ކަންކަމާއި، އަދި އެހެނިހެން ދާއިރާތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާ އެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޤާނޫނީ ވަކީލުކަމުގެ ހުވައިކޮށް، 39 ވަކީލުން ޤާނޫނީ ފަންނާ ގުޅިއްޖެ

ޤާނޫނީ ވަކީލުކަމުގެ ހުވައިކޮށް، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނާ 39 ވަކީލުން ގުޅިއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 28 އަންހެނުންނާއި 11 ފިރިހެނުންނެވެ. މިކަމައްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ވަކީލުންނަށް ހުވައި ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒާ ފާތިމަތު ފަރްހީޒާއެވެ. މި ހުއ…

ގޭހުގެ މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ވިއްކަން ފަށައިފި

ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަން ފަށާފައިވާކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. އެސްޓީއޯއިން މިހެން ވިދާޅުވީ، އެކުންފުނީގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭސްއިން ވިއްކާ ކައްކާ ގޭސް ލިބުމުގައި ބައެއް ދަތިތައް ކުރިމ…

Loading fresh headlines…