އެންމެ 6 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ރޯދަ ހަދިޔާ ބަހާ ނިންމާލައިފި
އެންމެ 6 ރަށް ފިޔަވައި ހުރިހާ ރަށެއްގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ބަހާ ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.