Live 342,832 stories Updated Feb 12, 2026
Browse topics All stories

Latest stories

Live feed

ރޯދަމަހަށް ތައްޔާރުވުން: ސްކޭމަރުން ދަނީ ދަނޑިވަޅުގެ ފައިދާ ނަގަމުން

ރޯދަމަހަށް ތައްޔާރުވުމަށް ތަކެތި ގަތުމުގައި އަވަދިނެތި އުޅޭއިރު، ސްކޭމަރުން މިފަދަ ދަނޑިވަޅުތަކުގެ ފައިދާ ނަގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

އެސްއެމްއީ ޑިޖިޓަލް އަށް 4 މަސް: އެސްއެމްއީތަކަށް ބޭނުންވާނެ ހުރިހާ ފައިނޭންސިން ޕްރޮޑަކްޓްތައް ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްޑީއެފްސީ ގަތުމަށް ފަހު، އެ ކުންފުނި އެސްއެމްއީ ޑިޖިޓަލް އަށް ރީބްރޭންޑު ކުރިތާ ހަތަރު މަސް ތެރޭގައި އެސްއެމްއީގެ ހުރިހާ ދާއިރާއަކުން ފައިނޭންސިން ދޫކުރަން މިއަދު ފެށުމަކީ ބޮޑު ކުރިއެރުމެކެވެ.

އިމިގްރޭޝަންގެ ސަހެޝަން ވެސް ކުށަށް އިއުތިރާފު، އިއްވީ ދެ މަހުގެ ހުކުމެއް

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ އަތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ހޯދި މައްސަލާގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރު ހަސަން ސަހެޝަން ކުށަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް ލުއި އަދަބެއް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އާ ދެ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދާދިފަހުން އިއުލާންކުރި އާ ދެ ޕްރޮގްރާމަށް އަންނަ މަހުގެ ކުރީކޮޅު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ސައިންސްގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ސައިންސްގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަަމަށް ގޮވާލެއްވީ، ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ސައިންސްގެ ދާއިރާއިން އަ…

އުފެއްދުންތެރި އީޖާދީ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު މުހިންމު: ރައީސް

އީޖާދީ މަސައްކަތްތަކުގައި އަންހެން ކުދިންނަށް ކުރިއަށް ދިއުމުގައި ހުރި ހުރަސްތައް ނައްތާލާ، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މިފަދަ މަސައްކަތްތަކުގައި ކުރިއަރާ ދިއުމުގެ އެންމެހާ މަގުތައް ކޮށައިދީ، އެކަމަށް ބެނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައި…

ޤާނޫނާ ޚިލާފު ކޮންޓެންޓު މީސްމީޑިޔާއިން ނަގަން އިންޑިއާއިން ދިނީ ތިން ގަޑިއިރު

މީސްމީޑިޔާގެ މަންސަތަކުގައި ޝާއިޢު ކުރާ ކޮންޓެންޓުގެ ތެރެއިން ޤާނޫނަށް ނުފެތޭ ތަކެތި ނެގުމަށް އިންޑިއާ ސަރުކާރުން ތިން ގަޑިއިރުގެ މުހުލަތެއް ކަނޑައަޅައި، އެ ކަމާ ގުޅޭ ޤަވާޢިދު އިސްލާޙު ކޮށްފިއެވެ. މީސްމީޑިޔާގައި ޝާއިޢު ކުރާ ކޮންޓެންޓުގެ ތެރެއިން ޤާނޫނާ ޚިލާފު ކަމަށް އިންޑިއާގެ ކަމާގުޅޭ އިދާރާތަކުން …

Loading fresh headlines…