Live 342,948 stories Updated Feb 6, 2026
Browse topics All stories

Latest stories

Live feed

ގްރީންއިން ހިންގީ މެޗް ފިކްސިންގެ އަމަލެއް، ފީފާއަށް މައްސަލަ ހުށަހަޅާނަން: ވެލެންސިއާ

ދިވެހި ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަން އޮތް މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން މެޗަށް ހާޒިރުނުވެ، ގަސްތުގައި މެޗު ދޫކޮށްލީ ކަމަށާއި އެކަމުގެ ސަބަބުން ކްލަބް ވެލެންސިއާގެ ހައްގަކަށް އަރައިގެންފައިވާކަމަށް ވެލެންސިއާއިން ބުނެފިއެވެ. ލީގުގައި އެންމެފަހުން ވެލެ…

5 ފެބްރުއަރީ 2027 ން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ ހަމަ އެކަނި ދިވެހީންނަށް ކަމަށް ނިންމައިފި

މިއަންނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގައު މަސައްކަތް ކުރެވޭނީ، ހަމަ އެކަނި ދިވެހީންނަށް ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތުގެ މަސައްކަތް ސެޕްޓެމްބަރުގައި

ހުޅުމާލޭގައި ބިނާކުރާ ގްރޭންޑް މޮސްކް ނުވަތަ ބޮޑު މިސްކިތުގެ ޢަމަލީ މަސައްކަތް 13 ސެޕްޓެމްބަރު 2026 ފެށިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި ބޮޑު މިސްކި…

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތް ދޭނޭ އޮފީހެއް އުފައްދައި ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފަށަނީ

ރައްޔިތުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް ހުށަހަޅާ އޮފީސް ނުވަތަ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިޔުރޯގެ ނަމުގައި 24 ގަޑި އިރު ޚިދުމަތް ދޭނޭ އޮފީހެއް ރައީސް އޮފީހުގައި ޤާއިމް ކުރަން ނިންމަވާފައިވާކަމާއި، ކުރިޔަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި، މި ބިޔުރޯގެ ޚިދުމަތް ދޭން ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔ…

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް ރަސްމީކޮށް އިފްތިތާޙުކޮށްފި

އެމްޕީއެލުން މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ޚިދުމަތް އިފްތިތާޙްކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މެރިން އެކްސްޕޯގެ ތެ…

ގޭންގުތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެއްޖެ: މުއިއްޒު

ގޭންގް ތަކާ ބެހޭ ޤާނޫނު ވުޖޫދު ކުރެވުނު ހިސާބުން ގޭންގު ހަރަކާތްތައް މަދުވެ، އެކަމުގެ ތެރޭގައި އުޅުނު ގިނަ ޒުވާނުން އެކަމުން ދުރުވާން މަސައްކަތްކުރާކަން ފާހަގަކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އަދި މިފަދަ ޒުވާނުންނަށް ސަރުކާރުން މަރުހަބާ ކިޔައި، ޒިންމާ…

މާލޭގެ އަތޮޅު ފިހާރަތަކުގެ ބޭރު ފާރު ދިގު މުއްދަތަށް ރައްކާތެރިކޮށް އެ ސަރަހައްދު ޒަމާނީ ކޮމާޝަލް ފްރަންޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އިންވެސްޓްކުރުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލަނީ

މާލޭގެ އަތޮޅު ފިހާރަ ބަރި ހުރި ސަރަހައްދު ޒަމާނީ ކޮމާޝަލް ފްރަންޓެއްގެ ގޮތުގައި ތަރައްގީކުރުމަށް، ސަރުކާރާ ގުޅިގެން އިންވެސްޓްކުރުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލައްވާނެ ކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…