Live 343,123 stories Updated Feb 1, 2026
Browse topics All stories

Latest stories

Live feed

ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!

ފުވައްމުލަކާއި އައްޑޫ އާއި މެދު ކަނޑު ދަތުރުކޮށްފައި ދެވެނީ ދޮޅު ގަޑި އިރުން ކަމަށް ފާހަގަކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހޯމް މިނިސްޓަރ އަލީ އިހުސާން އިތުރުފުޅު ހައްދަވައިފި އެވެ.

ބަލޫޗިސްތާނުގެ ހަނގުރާމަވެރިންގެ ޙަމަލާތަކެއްގައި، ފުލުހުންގެ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑު، ހުޅަނގު ދެކުނު ބަލޫޗިސްތާން ސަރަޙައްދުގައި، އެއް ވަގުތެއްގައި ދިން ޙަމަލާތަކެއްގައި ފުލުހުންގެ 8 މީހަކު މަރުވެފައިވާކަމަށް ބުނެފިއެވެ. ފުލުހުން ބުނީ، ރޭގެ މެންދަމުގެ ވަގުތެއްގައި، އެ ސަރަޙައްދުގެ ވެރިރަށް ކްވެޓާގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަށް ޢަމާޒުކޮށް، ޕާކިސްތާނު…

ސާޖިދު ވިދާޅުވީ އޭނާ ވަކިކުރީ ގާނޫނީ ހަމައިން ބޭރުން ކަަމަށް

ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ސާބިތުވެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުން އިސްމާއިލް ސާޖިދު ވަކިކުރީ ގާނޫނީ ހަމައަކުން ނޫން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެންމެ ފުރިހަމަ ކަސްޓަމާ ސާވިސް ދޭ ތަނަކަށް މި އަހަރު ބީއެމްއެލް ހަދަނީ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރާއްޖޭގައި އެންމެ ފުރިހަމަ އަށް ކަސްޓަމަރުންނަށް ހިދުމަތް ދޭ ބޭންކަކަށް ހެދުމަށް މި އަހަރު އަމާޒު ކަނޑައަޅާފައިވާ ކަމަށާއި އެ މަގަށް މަސައްކަތް ފަށާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ފަލަސްޠީނާ ގުޅޭގޮތުން ގާޑިއޯލާގެ އަަސަރުގަދަ ބަސްތަކެއް

އިސްރާޢީލޭ ކިޔުނު ޔަހޫދީ ދައުލަތުން، މުސްލިމުންގެ މުޤައްދަޞް ބިން، ފަލަސްޠީނުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް، ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކޯޗު، ޕެޕް ގާޑިއޯލާ އަސަރުގަދަ ސްޕީޗެއް ދީފިއެވެ. މީގެކުރިން ވެސް އެކި މަންސަތަކުގައި ފަލަސް…

އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާ ގޮތް ކުޅިވަރު ވަޒީރު ބައްލަވާލައްވައިފި

ހުޅުމާލޭގައި ޤާއިމްކުރަމުން އަންނަ ބައިނަލްއަޤުވާމީ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާ ގޮތް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ބައްލަވާލައްވައިފިއެވެ. އެކުއެޓިކް ކޮމްޕްލެކްސް ގާއިމްކުރަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތާއި ޖެހިގެން އޮންނަ ބިމުގައެވެ.

އިންތިޚާބަށް 2000 އަށްވުރެ ގިނަ ކެންޑިޑެސީ ބަލައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރަން މިހާތަނަށް ފޯމު ހުށަހެޅި 2000 އަށްވުރެ ގިނަ މީހުންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ. އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހ…

ކޫއްޑުއާއި ކާޑެއްދުއަށް ވައިގެ ދަތުރުތައް ފަށައިފި

ރާއްޖޭގެ އުތުރުގެ 4 އަތޮޅު ގުޅުވާލާ ކޫއްޑޫއާއި ކާޑެއްދޫއަށް ދަތުރު ބާއްވައިފިއެވެ. ހުކުރު ދުވަހު ވަނީ، އައްޑޫ ސިޓީއިން ފުވައްމުލައް ސިޓީއަށް ދަތުރުތައް އިފްތިތާޙުކޮށްފައެވެ. ކޫއްޑޫއާއި ކާޑެއްދޫއަށް ދަތުރު ފެށުމަށް މިދެރަށުގައި ވަނީ ވަކިވަކިން ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައ…

Loading fresh headlines…