Live 343,222 stories Updated Jan 29, 2026
Browse topics All stories

Latest stories

Live feed

ނޮވެމްބަރު މަހު ފަގީރުންނާއި މިސްކީނުންގެ ބޭސް ފަރުވާއަށް 1.5 މިލިއަން ރުފިޔާ

މިދިޔަ ނޮވެމްބަރު މަހުގައި ފަގީރުންނާއި މިސްކީނުންގެ ބޭސް ފަރުވާގެ ގޮތުގައި 1،513،656.86 ރުފިޔާ އަދި މަތީ ތައުލީމު ފުރިހަމަ ކުރުމަށް 100،398.93 ރުފިޔާ ހަރަދު ކޮށްފައިވާކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.

ޓްރަމްޕްގެ އިންޒާރަށް ރައްދު ޙަމަލާ ދޭން އިރާން ތައްޔާރު

އީރާނަށް ޙަމަލާ ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ދެއްވި އިންޒާރަށް އީރާނުން ރައްދު ދީފިއެވެ. އިރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އެއްވެސް ޙަމަލާއެއް ދީފި ނަމަ، ބަދަލުގައި ބާރާ އެކު ވަގުތުން ރައްދު ޙަމަލާ …

ގެސްޓްހައުސްތަކުގެ އަގުވަޒަންކުރުމަށް އެމްއައިބީން ޚާއްޞަ އެވޯޑެއް

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއިން އިސްނަގައިގެން، ރާއްޖޭގެ ގެސްޓްހައުސް ސިނާއަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްޞަ އެވޯޑެއް ތައާރަފުކޮށްފިއެވެ. މި އެވޯޑުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހު އެމްއައިބީން ބޭއްވުމަށް ހަމަޖެހިފައިވާ "އ…

ދެ އިންތިހާބު އެއްކޮށްލާ ބިލަށް ޕާޓީތަކުގެ ހިޔާލު ހޯދަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްވަގުތެއްގައި ބާއްވާ ގޮތަަށް ގާނޫނު އަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ޓައުންޝިޕް ޕްރޮޖެކްޓާއެކު ރާއްޖޭގެ ޓޫރިޒަމް މުޅިން ބަދަލުވާނެ: ސައީދު

މީހުން ދިރިއުޅޭ އަދި ޓޫރިޒަމްގެ ވަސީލަތްތަކާއި އިގުތިސާދީ އެހެން ބައެއް މަސައްކަތްތައް ވެސް ކުރެވޭ ގޮތަށް "ސަސްޓެއިނަބުލް ޓައުންޝިޕް" ތަރައްގީކުރަން ނ.އަތޮޅުގައި މިއަދު ފެށި މަޝްރޫއާއެކު ރާއްޖޭގެ ޓޫރިޒަމް މޮޑެލް ބަދަލުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްއަށް 3.2 ބިލިޔަން ރުފިޔާގެ ފައިދާއެއް، މިއީ ރެކޯޑު އަދަދެއް

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %10 އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފައިކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް 2025 ވަނަ އަހަރުގެ ހަ…

ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިމުގެ %80 ހިއްކައިފި

ތ. ވިލުފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެރަށުގެ ބިންހިއްކުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. ވިލުފުށީ އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ސެ…

ތިލަފުށިން ގެއްލުނު މީހާ މަރުވީ 26 ވަނަ ދުވަހު ހިނގި "ހާދިސާއެއްގައި": ފުލުހުން

ތިލަފުށީ ސައިޓަކުން ގެއްލިގެން ހޯދަމުން ދަނިިކޮށް މަރުވެފައި އޮތްވާ ފެނުނު މީހާ މަރުވީ މީގެ ދެދުވަސް ކުރިން ހިނގި "ހާދިސާއެއްގައި" ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ ކަމަށެވެ. މިހާތަ…

Loading fresh headlines…