Live 337,958 stories Updated Jun 4, 2026
Browse topics All stories

Latest stories

Live feed

މުޖުތަބާ ޚާމަނަޢީގެ ދައުރު އަންނަނީ ފުޅާވަމުން: އެމެރިކާ

އީރާނުގެ ސަރުކާރު ހިންގުމުގައި އައު މުރުޝިދު އާޔަތުުالله ސައްޔިދު މުޖުތަބާ ޙުސައިނީ އަލް-ޚާމަނާޢީގެ ދައުރު ފުޅާވަމުން އަންނަކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވެއްޖެއެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން ރޫބިޔޯ ވިދާޅުވީ، ޔަހޫދީންނ…

އަނބުރާ ދެއްކި ބޮޑު ދަރަންޏާއެކު ފިޗުން، ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި

ކުރީގެ ސަރުކާރުން ނަގާފައިވާ ސުކޫކު އަނބުރާ ދެއްކުމުން، ރާއްޖޭގެ ދަރަނީގެ ހާލަތަށް ލިބިފައި ލުޔަށް ބަލައި، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައި އޮތް ރޭޓިން މަތިކޮށްފި އެވެ.

ޙިޒްބުﷲގެ ޙަމަލާތައް ނުހުއްޓުވޭތީ، ނަތަންޔާހޫއަށް ފިއްތުންތައް ބޮޑުވެއްޖެ

ޞަހްޔޫނީ އިސްތިޢުމާރީ ލަޝްކަރަށް އަމާޒުކޮށް ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ދެމުންގެންދާ ވަރުގަދަ ވައިގެ ޙަމަލާތަކުގެ ސަބަބުން، ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފިއްތުންތައް ކުރިމަތިވެއްޖެއެވެ. ފާއިތުވި ހަފްތާތަކުގެ ތެރޭގައި، ޙިޒްބުﷲއިން ވަނީ ލުބްނާނާ ގުޅޭ …

އަޤްޞާގެ ތެރޭގައި ޔަހޫދީން ހިންގާ ޖަރީމާތައް ކުށްވެރިކޮށްފި

ޔަހޫދީ ދައުލަތުގެ ހިމާޔަތް ދަށުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތުގެ ޚުރުމަތް ކަނޑާލުމަށް ހިންގަމުންދާ ޢަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޔަހޫދީ ސިފައިންގެ ހިމާޔަތް ދީގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަ…

ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފި

ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިގުތިސާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މިއަދު މަތިކޮށްފިއެވެ. ފިޗް ރޭޓިންގްސްއިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ބާރުމިނެއް…

ރައީސް މުއިއްޒުގެ ޔޫކޭ ދަތުރަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ ތަފުސީލު ނުހިމަނާ ރައީސް އޮފީހުގެ މާލީ ބަޔާން ނެރެފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ހަރަދު ކުރި އަމިއްލަ ފަރާތުގެ އެއްވެސް ތަފުސީލެއް ހާމަނުކޮށް، ރައީސް އޮފީހުގެ މާލީ ބަޔާން އާންމުކޮށްފި އެވެ.

އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދާ އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިފަހަރުގެ މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ އުމުރުން 18އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ. މިފަހަރުގެ ޕްރޮގްރާމްގެ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ…

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޙުސެއިން ޝަހީދު

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ނައިބު ރައީސްއަކަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބުކޮށްފިއެވެ. ޖޭއެސްސީގެ ނައިބު ރައީސަކަށް އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބުކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.…

ވަޒީފާގެ މައުރަޒު 'ފަހި ފުރުސަތު' ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ ވަޒީފާގެ މައުރަޒު "ފަހި ފުރުސަތު" ރަސްމީކޮށް ފަށައިފިއެވެ. މިއީ އެމްއެންޔޫއިން މި މައުރަޒު ބާއްވާ 5 ވަނަ އަހަރެވެ. އެމްއެންޔޫއިން ވިދާޅުވީ މި މައުރަޒު ކުރިއަށްދާނީ މި މަހުގެ 3 އިން 5 ކަމަށާއި މި ހަރަކާތަކީ އެ ޔުނިވަރސިޓީން ދަސްވެނިވާ …

Loading fresh headlines…