Live 343,459 stories Updated Jan 21, 2026
Browse topics All stories

Latest stories

Live feed

ޑޮލަރުގެ އަގު ހުއްޓުމެއް ނެތި އަރާއިރު ވެސް ރައީސް މުއިއްޒު ވިދާޅުވަނީ އިގްތިސާދު ހަމަ މަގަށް އެޅުވިއްޖެ ކަމަށް: މެންބަރު މީކާއިލް

ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ދާ ކަމަށް ސަރުކާރު މުއައްސަސާތަކުން ތަކުރާރު ކޮށް ބުނަމުންދާ އިރު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ ގައުމުގެ އިގްތިސާދު ހަމަ މަގަމަށް އެޅުވިފައިވާ ކަމަށް ކަމަށާ އެމަނިކުފާނު އުޅުއްވަނީ އެހެން ދިވެހި ރާއްޖެ އެއް ގައި ތޯ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ …

ޕާކިސްތާނުގެ ކަރާޗީގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމާގުޅިގެން ރައީސްގެ ތަޢުޒިޔާ

ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި އަލިފާނުގެ ޙާދިސާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެޙްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިންސާނީ ވަގުފާރިއާ ގުޅޭ މުހިންމު މަޝްވަރާތަކެއް

އިންސާނީ ވަގުފާރިއާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ބާރުވެރިކުރުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، …

ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

ށ.އަތޮޅު ކައުންސިލްއަކީ ވަރަށް ބޮޑު އެސެޓެއް ކަމަށާއި، މި ސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއެކު އެސެޓު އޮތީ ވާނުވާގައި ކަމަށް ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު ސައުދުﷲ އުސްމާން ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ޕީއެސްއައިޕީ ހާއްސަވީ ގައުމީ ސަލާމަތާއި އިދާރީ ހިންގުމަށް

މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެކި ދާއިރާތަކުން ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިމެނި އަދަދަށް ހޭދަކޮށްފައިވަނީ، ގައުމީ ސަލާމަތާއި އިދާރީ ހިންގުމުގެ ދާއިރާ ފަދަ މަދު ދާއިރާއަކަށް ކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ބުޅަލުގެ ނަޖިސް މަގުމަތިން ހުސްނުވޭ، ފެސިލިޓީ ހަވާލުކުރަން ވާނީ އެދިފައި: ކައުންސިލް

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަަލަހައްޓަން ހުޅުމާލޭގައި ވަކި ފެސިލިޓީއެއް ހަދާފައި ހުރި ނަމަވެސް މާލޭގެ މަގުތަކުން ބުޅާލާއި ބުޅަލުގެ ނަޖިސް ހުސްނުވެ އާއްމުންގެ ޝަކުވާ ބޮޑުވެފައިވާތީ އެ ފެސިލިޓީ ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން ދެ ފަހަރެއްގެ މަތިން އެދިފައިވާ ކަމަށް މޭޔަރު އާދަމް އ…

ޣައްޒާ ހިންގާ "ބޯޑް އޮފް ޕީސް" އަށް ނަތަންޔާހޫ

ފަލަސްތީނުގެ ޣައްޒާގައި ދާއިމީ ސުލްހައެއް ގާއިމުކޮށް އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އުފައްދާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދިން ދައުވަތު ގަބޫލުކޮށްފި އެވެ.

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ހުކުމް އިއްވުން ފަސްކޮށްފި

ކޮރަޕްޝަންގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ފަސް ދައުވާއަކާ ގުޅޭގޮތުން ހުކުމް އިއްވަން މިއަދަށް ތާވަލުކުރި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމާ ހިސާބުގައި އޮންނަތާ ހަ މަސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައި، ހުކުމާ ހިސާބުގައި އޮންނަތާ ހަ މަސް ދުވަސްވެއްޖެ އެވެ.

ކޮވިޑްގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ރިޝްވާންގެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް

ކޮވިޑް-19ގެ ތެރޭގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައެއްގައި އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މިހާރު ސީއީއޯ މުހައްމަދު ރިޝްވާންގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވައިފި އެވެ.

އަލީ ލަތީފާއި އިކުލީލަށް ޓެކްސްއަށް މަކަރު ހެދުމުގެ ދައުވާކުރަން ކޯޓަށް، ޕީޖީން އެދެނީ ބޮޑު އަދަބަކަށް

ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ ޓެކްސްއަށް ގަސްދުގައި މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ޑރ. އަލީ އަބްދުالله ލަތީފާއި ޑރ. އިކްލީލް ޝަރީފްގެ މައްޗަށް ގިނަ ދައުވާތަކެއް ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ.

ހައުސިން މަޝްރޫއުތައް ހަވާލުކުރީ ބެންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކެއްގައި: ބީއެމްއެލް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓު ދިނުމަށް ބީއެމްއެލް އިން ހިންގާ ހައުސިން މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރީ ކޮންޓްރޯލްޑް އަގުތަކެއްގައި ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

Loading fresh headlines…