Live 359,357 stories Updated Oct 21, 2026
Browse topics All stories

Latest stories

Live feed

ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު

ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންނާ، މިއަދު ވެރިކަމުގައި އަދި ސަރުކާރުގެ މަތީ މަގާމުތަކުގެ ތިއްބެވި ބޭފުޅުންގެ ދުލުގައި ބުރަދަނެއް ނެތް ކަމަށާ، އިއްޔެ އުޅުނީ ހުކުމް ހަރާމް ވެގެން ކަމަށާ ނަމަވެސް މިއަދު އެ މީހުންނަށް ހަރާމް ވެގެން އުޅެނީ އެ މީހާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެ…

ރަސްމާލެ މަޝްރޫއާ ދެކޮޅު ކޮންމެ މީހަކީ ދިވެހިންގެ އަދުއްވެއް ކަމަށް ޕީއެންސީ މެންބަރު މުސްތަފާ ވިދާޅުވެއްޖެ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކީ ދިވެހިރާއްޖޭގައި ދިވެހިންގެ އަދުއްވެއް ކަމަށާއި، އެއީ ދިވެހިރާއްޖެ އަށް ތަރައްގީއާއި ތަމައްދުނު އެދެން ބޭނުން ނުވާ މީހުން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ތިން މަސްދުވަހުގެ ތެރޭގައި 74 މިލިއަން ރުފިޔާ ކަނޑައިފި، ބޭނުމަކީ ޖެއްސުން ކުރުން: އާޒިމް

މި ސަރުކާރުން މި ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 74 މިލިއަން ރުފިޔާ ސިޓީ ކައުންސިލުގެ ބަޖެޓުން ކަނޑައިފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލޭގެ 14 ބިމެއް ސަރުކާރަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ 14 ބިމެއް، އެ ކައުންސިލްގެ ބާރުގެ ދަށުން ވަކިކޮށް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ނިންމާފައިވާ ނިންމުމަކީ ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނެ ރައްޔިތުންގެ މަޖި…

މިދިޔަ މަހު ކުޑަކުދިންނާއި އަންހެނުންނާ ގުޅުންހުރި 231 މައްސަލަ

މިދިޔަ މަހު ކުޑަކުދިންނާއި އަންހެނުންނާއި ގުޅުންހުރި 231 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އ…

ޕާކިސްތާނުން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ. ރަސްމީކޮށް މަރުޙަބާ ދަންނަވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ޕާކިސްތާނުން ރަސްމީކޮށް މަރުޙަބާ ދަންނަވާފައިވަނީ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް…

Loading fresh headlines…