Live 343,901 stories Updated Jan 9, 2026
Browse topics All stories

Latest stories

Live feed

ކުޑަރިކިލުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ

ބ. ކުޑަރިކިލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމުު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިންް ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބ.ކުޑަރިކިލ…

ލަރީފްގެ ހެޓްރިކުން ހޯނޑެއްދޫ މޮޅުވިއިރު، ތަރިންގެ ވާދޫއަށް ވެސް މޮޅެއް

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ގދ. އަތޮޅުގެ ގްރޫޕް ބީގެ މެޗުތައް ރޭ ކުޅެފައިވާއިރު، އާދަމް ލަރީފް (ރޮނާ) ގެ ހެޓްރިކާއެކު ހޯނޑެއްދޫއިން ރަތަފަންދޫ ބަލިކުރިއިރު، ފުޓްސަލްގެ ނަން މަޝްހޫރު ތަރިން ހިމެނޭ ވާދޫ ޓީމުން މަޑަވެލީގެ މައްޗަށް ކުރިހޯދައިފިއެވެ.

ވެލެންސިއާ އެކެޑަމީގެ ސޮކާ ކޭމްޕަށް ބޮޑު ތަރުހީބެއް

ސްކޫލް ބަންދާއި ދިމާކޮށް ކުލަބު ވެލެންސިއާ އެކެޑަމީގެ ފަރާތުން ސޮކާ ކޭމްޕެއް ކުރިއަށް އެބަގެންދެއެވެ. މި ކޭމްޕު ކުރިއަށްދަނީ މިމަހުގެ 4 އިން 6 އަށް ހުޅުމާލޭގައެވެ. 60 ވަރަކަށް ކުދިންނާއިއެކު ކުރިއަށް ގެންދާ މި ކޭމްޕަށް ލިބުނު ތަރުހީބު ބޮޑުކަމަށް ވެލެންސިއާއިންވަނީ ބުނެފައެވެ. މިފަދަ ކޭމްޕެއް ބޭއްވު…

އާދަމް އާޒިމް ހޮވަން ޖެހެނީ އެމްއެމްޕީއާރުސީގެ ލިސްޓުގައި ނަން ނެތުމުން: ޑރ. ޑީޑީ

މިއަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ދެވަނަ ދައުރެއް ދޭން ޖެހެނީ އެމްއެންޕީއާރުސީގެ ވައްކަމުގެ ލިސްޓުގައި ނަން ނެތުމުންކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގާނޫނަށް ތަބާވާން ނުޖެހޭ ކަމަށް ވިދާޅުވެ، އެމެރިކާގެ އަމަލުތައް ޓްރަމްޕް ދިފާއުކުރައްވައިފި

އެމެރިކާގެ ހަރުކަށި ހާރިޖީ ސިޔާސަތު ތަންފީޒު ކުރަން، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، ތަބާވާން ނުޖެހޭ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ވިދާޅުވެއްޖެ އެވެ.

"އިނާޔަތް ބޮޑުކުރުމަކީ ފަގީރުކަން ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް"

އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ސަރުކާރުން ދޭ މާލީ އެހީގެ މިންވަރު ބޮޑުކުރުމަކީ މުޖުތަމައުގެ ފަގީރުކަން ނައްތާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އިޖްތިމާޢީ އަދި އާޢިލީ ތަަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، "ތަރުޖަމާނާއެކު" ޕޮ…

"ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމެއް ބާއްވަން ޖެހިއްޖެ ހާލަތަކަށް އީސީ ތައްޔާރު"

ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމެއް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރަށްއޮތް ކަމަށް އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ. ޒާހިދު މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާ…

ސުޕަކަޕްގެ ތާރީހާއި ކުޅޭ ގައުމު ވެސް ބަދަލު ކުރަނީ

ސްޕެނިޝް ސުޕަކަޕް ކުޅޭ ތާރީހާއި ކުޅޭ ގައުމު ބަދަލު ކުރަން ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނުން އަމާޒު ހިފައިފި އެވެ. ސސުޕަކަޕް މިހާރު ކުޅެމުން އަންނަނީ ސައޫދީ އަރަބިއާގަ އެވެ. ތިން މެޗުގެ މުބާރާތަށް ސުޕަކަޕް ބަދަލު ކުރީ ވެސް ސައޫދީން ބައިބިލިއަނެއްހާ ފައިސާ މުބާރާތަށް ދޭން ނިންމުމުންނެވެ. މި މުބާރާތް 20…

Loading fresh headlines…