Live 359,357 stories Updated Oct 21, 2026
Browse topics All stories

Latest stories

Live feed

"ޕާކިސްތާނު ދަތުރާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ"

ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަތުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސު…

ގައްދޫގެ ކޯޗުގެ މަޤާމުން ނަޒީހު ވަކިކޮށްފި

މުޅިން އަލަށް ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވެ ކުޅެމުން އަންނަ ގައްދޫ ރެކްރިއޭޝަން ކުލަބުގެ ކޯޗު މުޙައްމަދު ނަޒީހު އާއިއެކު އެކުލަބުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ. “ޕީއެސްއެމް ނިއުސް”އަށް މައުލޫމާތު ދެމުން ގައްދޫގެ މެނޭޖަރު އަމްޖަދު ނަސީރު ބުނީ، ކޯޗާއި ކުލަބާ ދެމެދު ހަދާފައިވާ…

ޖީއެސްޓީއަށް 4.43 ބިލިޔަން ރުފިޔާ؛ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 4.43 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ. އެ ވުޒާރާއިން ވިދާޅުވީ މި ކުރިއެރުމ…

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި 4 ހަތަރު މީހުން ޝަހީދުކޮށްލައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދީފައިވާ ހަމަލާތަކުގައި ހަތަރު މީހުން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީން ދިން ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އުމުރުން 17 އަހަރުގެ ކުއްޖަކާއި ދެމަފިރިން ހިމެނެއެވެ. ދެމަފިރިން ޝަހީދުވީ ޣައްޒާ ސިޓީގައި އެ މީހުން ދިރ…

ދައުލަތުގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ޒިހާން ހައްޔަރުކޮށްފި

ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ގޮވާލި މައްސަލައެއްގައި އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.

Loading fresh headlines…