Live 354,042 stories Updated Mar 24, 2026
Browse topics All stories

Latest stories

Live feed

ތަކެތީގެ އަގު ބޮޑުވާން ނޭދުނު ނަމަވެސް، ދުނިޔޭގައި ހިނގާ ކަންކަމުގެ އަސަރު ކުރާނެ، ރާއްޖެ ބަނގުރޫޓުވެ އޮތްކަންވެސް އެއީ ކާމިޔާބީ އެއް: ސައީދު

ތަކެތީގެ އަގު ބޮޑުވުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށާއި، ނަމަވެސް ދުނިޔޭގައި ހިނގާ ކަންކަމާ ގުޅިގެން ތަކެތީގެ އަގު ބޮޑުވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސޯލާ ސިޓީ މަސައްކަތް ދެ އަހަރުން ނިންމާލެވޭނެ

ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ މަޝްރޫޢު ކަމުގައިވާ ފްލޯޓިން ސޯލަރ މަޝްރޫޢު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް މިހާރު ބާރު މިނެއްގައި ކުރިއަށ…

އޭޕްރީލް 4 ގައި ނަގާ ވޯޓުތަކަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އޭސީސީއަށް: އޭސީސީން ބުނީ ބަލަމުންދާ ކަމަށް!

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނަގާ ކައުންސިލް އިންތިޚާބާ ގުޅޭ ވޯޓާއި ޑަބްލިއުޑީސީ އަދި ރެފަރެންޑަމް ވޯޓަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސަމާލުކަމަށް އެކަން ގެނެސްފި އެވެ.

ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި ސަރަހައްދީ މަސްލަހަތާ ގުޅޭ ގޮތުން މަޝްވަރާކުރި: އެމެރިކާގެ މަންދޫބު

ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި ސަރަހައްދީ މަސްލަހަތާ ގުޅޭ ގޮތުން ދިވެހި ސަރުކާރާ އެކު މަޝްވަރާ ކުރެއްވި ކަމަށް އެމެރިކާގެ ސަރުކާރުގެ ފަރާތުން ރާއްޖެ އަށް ވަޑައިގެންނެވި ހާއްސަ މަންދޫބު ސާޖިއޯ ގޯ ރޭ ވިދާޅުވެއްޖެ އެވެ.

އާ ފުޓްބޯޅަ ސްޓޭޑިއަމަށް ޗައިނާ އާއި ސައުދީގެ ހިލޭ އެހީ، އަންނަ އަހަރު މަސައްކަތް ފެށޭނެކަމުގެ އުއްމީދު ބޮޑު

ހުޅުމާލޭ އެކެއްގައި ހަދާ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް އިމާރާތްކުރަން ޗައިނާ އާއި ސައުދީ އަރަބިއްޔާގެ ހިލޭ އެހީ ހޯދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އަންނަ އަހަރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެކަމުގެ އުއްމީދު ބޮޑުކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…