Live 344,011 stories Updated Jan 4, 2026
Browse topics All stories

Latest stories

Live feed

ތިލަފުށީގައި ގާއިމުކުރާ ވޭސްޓްމެނޭޖްމަންޓް ފެސިލިޓީގެ 40 އިންސައްތަ ނިމިއްޖެ

ތިލަފުށީގައި ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ 40 އިންސައްތަ ނިމިފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރަން ފެށި އައު އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ހުންނަތާ 2 އަހަރު!

ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ނިމިދިޔަ އެމް.ޑީ.ޕީ ސަރުކާރުން ފެށި އައު އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދެ އަހަރާ ގާތްވެފައިވާތީ އެ ސިޓީގެ ރައްޔިތުންނާއި ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކުނި މެނޭޖުކުރާ މަރުކަޒުތައް 20 ރަށެއްގައި ގާއިމުކޮށް ވަނީ ނިންމާފައި: މިނިސްޓަރ

ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ މަރުކަޒުތައް މި ދެ އަހަރުގެ ތެރޭގައި 20 ރަށެއްގައި ގާއިމުކޮށް ނިންމާ ކައުންސިލުތަކާ ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްއެމްއައިއިން ބޭއްވި ސްކޫލް ހޮލިޑޭ ކޭމްޕު ނިންމާލައިފި

ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ސްކޫލް ކުދިންނަށް ޚާއްޞަ ކޮށްގެން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން ކުރިއަށް ގެންދިޔަ "ސްކޫލް ހޮލިޑޭ ކޭމްޕް ޑިސެމްބަރ 2025" ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފިއެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ، މިދިޔަ މަހުގެ 27އިން މިމަހުގެ 3 އާ …

އެމް.ކިއު.އޭގެ ހުއްދަނެތި ލަންކާގައި ކޯސްތަކެއް ހިންގުމުން އެވިޑް ކޮލެޖަށް ނަސޭހަތްތެރިވެއްޖެ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ އެކްރެޑިޓޭޝަން ގަވާއިދުތަކާ ޚިލާފަށް، ހުއްދަ ހޯދުމަކާ ނުލައި ރާއްޖޭން ބޭރުގެ އެކި މަރުކަޒުތަކުގައި ޕްރޮގްރާމްތައް ހިންގައި ސަނަދު ދޫކުރަމުންދާތީ އެވިޑް ކޮލެޖަށް ނަސޭހަތްތެރިވެ އެކަން އާންމުކޮށް އަންގައިފިއެވެ.

އެމެރިކާ ސިފައިން މަދޫރޯ ހައްޔަރުކޮށްގެން ގެންގޮސްފި

އެމެރިކާގެ ސިފައިން ވެނެޒުއޭލާއަށް ވައިގެ ޙަމަލާތައް ދިނުމަށްފަހު، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރާ ހައްޔަރުކޮށްގެން ޤައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވެނެޒުއޭލާ ގަޑިން މެންދަމުގެ ވަގުތެއްގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ހެލިކޮޕްޓަރުތައް އެ…

ވެނެޒުއޭލާގެ ރައީސް މަޑޫރޯ ހައްޔަރުކޮށް، އެ ގައުމުން ބާލާފައިވާކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާއަށް އެމެރިކާ ސިފައިން އަރާ އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސް، ވެނެޒުއޭލާއިން ބާލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

Loading fresh headlines…