ރާއްޖޭގެ ކޮލެޖުތަކުން ގަވާއިދާ ހިލާފަށް އޮންލައިން ކޯސްތައް ހިންގުމުގެ މައްސަލަ ބޮޑު، އެފަދަ ސަނަދުތައް ގަބޫލެއް ނުކުރާނަން: އެމްކިއުއޭ
ގަވާއިދާ ހިލާފަށް އޮންލައިން ޕްރޮގްރާމްތައް ނުވަތަ ކޯސްތައް ހިންގާ މައްސަލަ ބޮޑުވެފައިވާ ކަމަށާއި އެގޮތަށް ހިންގާ ކޯސްތަކުގެ ސަނަދު ގަބޫލު ނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.