Live 354,190 stories Updated Mar 19, 2026
Browse topics All stories

Latest stories

Live feed

ރޭގަނޑު އިލެކްޓްރިކް ވެހިކަލް ޗާޖުކުރާތީ ލަންކާގައި ޑީސަލާއި ކޯލްގެ ހަރަދު ބޮޑުވަނީ

ރޭގަނޑު އިލެކްޓްރިކް ވެހިކަލްތައް ޗާޖުކުރާތީ ކަރަންޓުގެ ޑިމާންޑް އިތުރުވެ ޑީސަލާއި ކޯލް އަންދަންޖެހޭ ވަރު އިތުރުވަމުން ދާތީ އޭގެ ވެހިކަލް ހަމައެކަނި ދުވާލު ވަގުތު ޗާޖުކުރުމަށް ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަށް އެދިވަޑައިގެންފި އެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސިޔާސީ ހަމަނުޖެހުން މަދުވާނެ: އުޝާމް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބުތަކާ ގުޅިގެން އުފެދޭ ސިޔާސީ ހަމަނުޖެހުން ހުއްޓުވޭނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ.

އީރާންގެ ހަމަލާތަކުގައި އިޒްރޭލުން އިތުރު ދެ މީހަކު މަރުވެ ޖުމްލަ 14 އަށް އަރައިފި

އިޒްރޭލުގެ ވިޔަފާރީގެ މަރުކަޒު ތެލް އަވީވަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި ދެ މީހަކު މަރުވެ، އީރާންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު 14 އަށް އަރައިފި އެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން އިންތިހާބުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ: އީސީ

އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި މިރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ސަބަބުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނެފި އެވެ.

Loading fresh headlines…