Live 344,205 stories Updated Dec 27, 2025
Browse topics All stories

Latest stories

Live feed

ކޯޓަށް ހާޒިރުކުރުމަށް މަމްދޫހު ފުލުހުންގެ ބެލުމުގެ ދަށަށް

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭޕާކް ފްލެޓުތަކުގެ މައްސަލައިގައި ޙަސަން މަމްދޫހަށް ޙުކުމް އިއްވުމުގެ ޝަރީޢަތަށް ގެންދިއުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޝަރީޢަތަށް ހާޒިރު ކުރުމަށް ކޯޓުން ފުލުހު…

ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

މިއަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެއެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލ…

ބޭރުގައި ވިއްކާ ޙިއްސާގެ ފައިސާ އެތެރެކުރަންޖެހޭ އުސޫލެއް ޗައިނާއިން ތަޢާރަފް ކުރަނީ

ޗައިނާގެ އަމިއްލަ ކުންފުނިތަކުން ޤައުމުން ބޭރަށް ޙިއްސާ ވިއްކައިގެން ލިބޭ ފައިސާ ޤައުމަށް އެތެރެކުރަން ޖެހޭނެ ކަމަށް އެ ޤައުމުން ކަނޑައަޅައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ މާލީ ހިރާސްތައް މެނޭޖްކޮށް ލޮޅުންތައް އެރިޔަ ނުދިނުމަށެވެ. ޗައިނާގެ މަރުކަޒީ ބޭންކާއި ބޭރު ފައިސާއާބެހޭ އެފްއެކްސް އިދާރާއި…

”ބޭނުންވަނީ ރަނގަޅަށް އިންތިޒާމުކޮށްގެން މުޅި ރާއްޖޭގައި މުބާރާތްތައް ބާއްވަން“

ބޮޑެތި ކުޅިވަރު މުބާރާތްތައް ފެންނަނީ ހަމައެކަނި މާލޭގައި ކަމަށާއި، އެހެންނަމަވެސް ބޭނުންވަނީ ރަނގަޅަށް އިންތިޒާމު ކޮށްގެން މުޅި ރާއްޖޭގައި މުބާރާތްތައް ބާއްވައިގެން ކުޅިވަރު ކުރިއަރައިގެން ދިޔުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ޕީއެ…

ޤައުމީ ފެތުމުގެ މުބާރާތުގެ އެއްވަނަ ލައިފްގާޑު އެސޯސިއޭޝަނަށް

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބޭއްވި 49 ވަނަ ޤައުމީ ފެތުމުގެ މުބާރާތުގެ ޓީމު އިވެންޓުތަކުގެ ބައިން އަންހެން އަދި ފިރިހެން ޑިވިޝަނުން އެއްވަނަ މޯލްޑިވްސް ލައިފްގާޑު އެސޯސިއޭޝަނުން ހޯދައިފިއެވެ. މިމަހުގެ 22 އިން 26 އަށް ހުޅުމާލެ ސްވިމިންގ ޕޫލުގައި ކުރިއަށް ދިޔަ މިމުބާރ…

Loading fresh headlines…