Live 344,281 stories Updated Dec 26, 2025
Browse topics All stories

Latest stories

Live feed

އިންޑިޔާގެ އެތެރޭގެ އުދުހުންތަކުގައި ވާދަވެރިކަން އިތުރުކުރަން އިތުރު ދެ އެއާލައިނެއް ފެށުމުގެ ހުއްދަ ދީފި

އިންޑިޔާގެ މަޝްހޫރު އެއާލައިން، އިންޑިގޯގެ ޕައިލެޓުންނާ ގުޅިގެން ދިމާވި މައްސަލައިގައި އެތެރޭގެ އުދުހުންތަކުގައި ވާދަވެރިކަން ކުޑަކަން ހާމަވުމާ ގުޅިގެން، އިތުރު ދެ އެއާލައިނެއްގެ އުދުހުންތައް ފެށުމަށްޓަކައި ބޭނުންވާ ފުރަތަމަ ހުއްދަ، އިންޑިޔާ ސަރުކާރުން ދޫކޮށްފިއެވެ. މި މައްސަލަ ފެންމަތިވީ، ޕައިލެޓު…

ކުމުންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމޭނެ ދުވަހެއް ނޭނގެ: ކައުންސިލް ރައީސް

ކުރީ ސަރުކާރުން ފެށި ހދ. ކުމުންދޫ ފުޓުބޯޅަ ދަނޑު ގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން މަޑުޖެހިފައި ވާކަމަށާއި، މަސައްކަތް ނިމޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އެ ރަށު ކައުންސިލް ގެ ރައީސް އަމީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ވަޖްޕާއީ ގެންގުޅުއްވި ޑިޕްލޮމަސީ ވިސްނުމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ވަރުގަދަ ގުޅުމަށް އަދިވެސް ހެޔޮ އަސަރުކުރޭ: ފައިސަލް ނަސީމް

އިންޑިއާ ގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ އަކީ ސަރަހައްދީ ސުލްހަވެރިކަމާއި ޑިމޮކްރަސީ ގެ އުސޫލުތަކަށް ފުރިހަމަ ހިތްވަރު ދެއްވި ލީޑަރެއް ކަމަށް، ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ގެ ސަރުކާރުން ހަމަޖައްސައިދިން ފަންޑު މިސަރުކާރުން ނުދީގެން، މަސައްކަތް ނިމިފައިވާ ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ނުހުޅުވިފަ!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރުން ށ. ފޯކައިދޫ ގައި ތަރައްގީކޮށް ނިންމާފައިވާ ކޮމިއުނިޓީ ސެންޓަރު ރަސްމީކޮށް ނުހުޅުވި ހުރީ، ހަމަޖެހިފައި އޮތް ފަންޑު މި ސަރުކާރުން ނުދީގެން ކަމަށް އެރަށު ކައުންސިލް ގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ.

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލައިގެ ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.

Loading fresh headlines…