Live 344,342 stories Updated Dec 25, 2025
Browse topics All stories

Latest stories

Live feed

ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް އުޅަނދުފަހަރު ޗެކުކުރުމަށް ހާއްސަ އޮޕަރޭޝަނެއް

ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ކަނޑު އުޅަނދުފަހަރު ބަލައި…

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 8 މީހުން ހައްޔަރުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރުކޮށްފިއެވެ.

ސަފާރީގެ ބޮޑުބައި އަނދައިފި؛ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

ޔަސާވާ ޕްރިންސަސް ނަމަކަށް ކިޔާ ސަފާރީގައި ހިނގި އަލިފާނުގެ ހާދިސާގައި ސަފާރީގެ ބޮޑުބައި އަނދާފައިވާކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނޭޝަނަލް ޑީފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައި އޮތް …

ވަރުގަދަ ޓީމެއް ބަލިކޮށްލެވުމަކީ ލިބުނު ހިތްހަމަޖެހުމެއް: ވިކްޓަރީގެ ކޯޗު

ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބު ފަދަ ވަރުގަދަ ޓީމެއްގެ އަތުން މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު ޖޯޖްލީ ގެރީ ބުނެފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ފަހަތުން އަރައި ނިއު ބަލިކޮށް ވިކްޓްރީއިން ތާވަލުގެ ފަސް ވަނައަށް ޖެހިލި މެޗަށްފ…

ނިސްތާރުގެ ތައުރީފު ވެލެންސިއާގެ ޒުވާން ޓީމަށް

ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުންދާ ވެލެންސިއާގެ ޒުވާން ޓީމަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށާއި އެއީ އެންމެފަހު ވަގުތާ ޖެހެންދެންވެސް ހިތްވަރުކޮށް ނަތީޖާ އަނބުރާލުމުގެ ގާބިލްކަން ލިބިފައިވާ ޓީމެއްކަމަށް ގްރީން ސްޓްރީޓްސް ކޯޗު އަލީ ނިސްތާރު ބުނެފިއެވެ. ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ލީގުގައ…

Loading fresh headlines…