ޝައްވާލް މަހުގެ ހަނދު ފެނިއްޖެ ނަމަ އަންގަން އެދެފި، ހެކިބަސް ދޭން އައުމާއި ދިއުމުގެ ހަރަދު ދޭނެ
ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް، ހަނދު ފެނިއްޖެ ނަމަ އެކަން އެންގުމަށާއި އެކަމާ ގުޅޭ ގޮތުން ހެކިބަސް ދިނުމަށް އައުމާއި ދިއުމުގެ ހަރަދުތައް ހަމަޖައްސައިދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.