Live 359,364 stories Updated Oct 20, 2026
Browse topics All stories

Latest stories

Live feed

މިހާތަނަށް މާލެ ސިޓީ ކައުންސިލަށް އެއްވެސް މަޝްރޫއު އެއް ހިންގުމަށްޓަކައި ސަރުކާރުން ރާވާފައިވާ ރޭވުމެއް ގެނެސްފައި ނުވޭ: މޭޔަރު އާޒިމް

މިހާތަނަށް މާލެ ސިޓީ ކައުންސިލަށް އެއްވެސް މަޝްރޫއުއެއް ހިންގުމަށްޓަކައި ރާވާފައިވާ ރޭވުމެއް ގެނެސްފައި ނުވާ ކަމަށާއި، ސަރުކާރުން އެދުނު ކޮންމެ ކަމެއް ވާނީ ކައުންސިލުން ފާސްކޮށްދީފައި ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެލްޖީއޭ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލާފައިވަނީ، އެލްޖީއޭގެ ބޯޑުގައި މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމަށެވެ. ރައީސް އޮފ…

ވ. ތިނަދޫ ކައުންސިލް ރައީސްގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓް ޝުޖާއުއަށް

ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމުން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ޝުޖާއުއަށް ލިބިވަޑައިގެންފި އެވެ.

ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން

ޒަޔަނިސްޓުންގެ އަތުން ރާއްޖޭގެ ބިން ސަލާމަތްކުރުމަށް އެދި ދަމު ނަމާދުކުރުމާއި ދުއާކުރުން ފަދަ ކަންކަމުގެ ތެރެއިން ވަރަށް ބޮޑު ހިމޭން އިހުތިޖާޖެއް ރައްޔިތުން ކުރަމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 59 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (iii) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އެންމެ ރަނގަޅަށް ކޯޕަރޭޓް ގަވަނަންސް އުސޫލުތަކަށް އަމަލުކޮށްފައިވާ ކުންފުންޏަކަށް އެސްޓީއޯ

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅަށް ކޯޕަރޭޓް ގަވާނަންސްގެ އުސޫލުތަކަށް އަމަލުކޮށްފައިވާ ކުންފުންޏަކީ އެސްޓީއޯ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އާންމުކުރި 2025 ވަނަ އަހަރުގެ ކޯޕަރޭޓް ގަވާނަންސް ރިވިއުއިން ދައްކަ…

ސެމެންޔޯއަށް ނުކުޅެވޭނެ, ހާލަންޑާ މެދު ޔަގީންކަމެއް ނެތް

ކުރިއަށް އޮތް ޗެމްޕިއަންސް ލީގު މެޗުގައި ފޯވާޑް ހާލަންޑަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށާއި, ސެމެންޔޯ އަށް ޔަގީނުންވެސް ނުކުޅެވޭނެ ކަމަށް މެންޗެސްޓަރ ސިޓީން ބުނެފިއެވެ. ޗެމްޕިއަންސް ލީގުގައި ސިޓީއަށް ކުރިއަށް އޮތީ އޭއީކޭ އެތެންސްއާ ވާދަކުރާ މެޗެވެ. ހާލަންޑަށް ކުޅެވޭނެކަން ޔަގީން ނުވަނީ އެން…

Loading fresh headlines…