Live 354,470 stories Updated Mar 7, 2026
Browse topics All stories

Latest stories

Live feed

ތެޔޮ އަގުބޮޑުކުރުން ދޭހަވަނީ ޑްރައިވަރުންނަށް ދަތިކުރަން އިތުރުކުރި 'ބޮޅެއް'ގެ ގޮތަށް: ޑްރައިވަރުން

ތެޔޮ އަގުބޮޑު ކުރުމުން ދޭހަކޮށްދެނީ ސަރުކާރުން ސިލްސިލާކޮށް ޓެކްސީ ޑްރައިވަރުންނަށް ދަތިކުރަމުންދާ ދަތިކުރުމަށް އިތުރުކުރި ‘ބޮޅެއް’ ގެ ގޮތުގައި ކަމަށް މޯލްޑިވްސް ޑްރައިވަރސް އެސޯސިއޭޝަނުގެ ރައީސް ވިދާޅުވެއްޖެއެވެ.

ދޮށީ އުމުރުގެ މީހުންނަށް ދޭ އިނާޔަތް ހުއްޓާލުމަށް، މިސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލާ: އަބްދުﷲ ޝާހިދު

އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނަޔަތް ހުއްޓާލުމަށް ހީލަތްތެރި ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ތައްޔާރުވެއްޖެ ކަމަށާއި އެކަން ހުއްޓާލުމަށްއެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ރަމަޟާން މަހުގެ ކަރަންޓު ބިލުން ދޭ ޑިސްކައުންޓަށް ބޭނުންވާ ފައިސާ ހޯދަން: ބިގޭ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑު ކުރީ ރަމަޟާން މަހުގައި ގޭބިސީތަކުން ދޭ ކަަރަންޓު ބިލުގެ ޑިސްކައުންޓަށް ކަނޑާ ފައިސާ ހޯދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ކޮންމެ ކަމެއް ސިޔާސީ ނުކުރަށްވާ، ތާރީހީ ބިނާތައް ނައްތާލަމުން ގެންދިއުމަކީ ތާރީހަށް ފަސްއެޅުން: އަބްދުﷲ ޝާހިދު

ކުރީގެ ބިނާތައް ނައްތާލަމުންގެންދިއުމަކީ ތާރީހަށް ފަސްއެޅުން ކަމަށާއި ކޮންމެ ކަމެއް ސިޔާސީ ނުކުރަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު، ޤާނޫނަށް އަމަލުކުރަން ފަށައިފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް މިއަދު އަމަލުކުރަން ފަށައިފިއެވެ. މި ބިލު މަޖިލީހުން ފާސްކުރީ، މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ، މިދިޔަ މަހުގެ 6 ވަނަ…

މޯލްޑިވިއަންގެ ފަސިންޖަރުންނަށް ޓްރިވަންޑްރަމްގެ އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ދެނީ

ގައުމީ އެއާލައިން، މޯލްޑިވިއަންއިން ދަތުރުކުރާ ފަސިންޖަރުންނަށް، އިންޑިއާގެ ޓްރިވަންޑްރަމްގައި ހުންނަ އަނަންތަޕޫރީ ހޮސްޕިޓަލް އެންޑް ރިސާޗް އިންސްޓިޓިއުޓުން ޑިސްކައުންޓް ލިބޭނެ ގޮތަށް އެއްބަސްވުމެއް ހަދައިފިއެވެ.

އެފްޑީސީގެ ފްލެޓްތައް ކުއްޔަށްދޭނަމަ 50،000ރ އިން ޖޫރިމަނާކޮށް ފްލެޓް އަތުލަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގް ފްލެޓްތައް ސަބް-ލީސް ކުރުމަކީ ނުވަތަ އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަކީ އެގްރީމެންޓާ ހިލާފު ކަމެއް ކަމަށާއި، އެފަދަ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ދީފި އެވެ.

Loading fresh headlines…