Live 344,597 stories Updated Dec 16, 2025
Browse topics All stories

Latest stories

Live feed

ކޮންމެ ފުލުހަކުވެސް މަސައްކަތްކުރަންވާނީ ރައްޔިތުން އެދޭ މިންވަރަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން: ވަޒީރު އިޙްސާން

ތަމްރީނަށްފަހު ފުލުހުންގެ ޚިދުމަތާއި ގުޅޭ އޮފިސަރުންވެސް އެންމެ އިސްކަމެއްދޭންވާނީ ރާއްޖޭގައި ކުރާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުން އެދޭ މިންވަރަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު …

ފުލުހުންގެ ޚިދުމަތުގައި އިސްކަން ދޭންވާނީ ރައްޔިތުންގެ ރައްކާތެރިކަމަށް: ސީޕީ ނަވީން

ފުލުހުންގެ ތަމްރީންކޯސް ނިންމުމަށްފަހު ނިކުމެވެނީ ޝަރަފްވެރި ޤައުމީ ޚިދުމަތަކަށްކަމަށާއި، އެންމެ އިސްކަމެއް ދޭންވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، 41 ވަނަ ޕޮލިސް އިނީޝިއ…

ސިނގިރޭޓު ކޮންޓޭނަރުގެ މައްސަލާގައި ދިގަލި ވަހީދާއި އާރިފް ހިމެނޭހެން 11 މީހަކަށް ދަޢުވާކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ސިނގިރޭޓު ކޮންޓޭނަރުގެ މައްސަލާގައި މުޙައްމަދު ވަޙީދާއިއަޙްމަދު ޢާރިފް ހިމެނޭހެން 11 މީހަކަށް ދަޢުވާކުރަން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ 26 އެޕްރީލް 2025 ދުވަހު ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަ…

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 38،000 މުވައްޒަފުން، 12 ކުންފުންޏެއް ގެއްލުމުގައި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 38000އެއްހާ މުވައްޒަފުން ތިބިއިރު އޭގެތެރެއިން 12 ކުންފުންޏަކަށް މިއަހަރުގެ ފުރަތަމަ ކުއަރޓާގައި 280 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑު (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސިނގިރޭޓު ވައްކަން: ދިހަ މީހެއްގެ މައްޗަށް ދައުވާކުރަން ނިންމައިފި

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ރާއްޖެ އާއި އިނގިރޭސިވިލާތުގެ ބަދަހި ގުޅުމަށް ނައިބު ރައީސްގެ ތައުރީފު

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން ބިނާވެގެންވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ އެކުވެރިކަމާ، އިތުބާރާއި، އަދި ދެ ގައުމުން ބައިވެރިވާ، ދުނިޔޭގެ ސުލްހަ މަސަލަސްކަމާ ހަމަޖެހުމުގެ އަސާސްތަކުގެ މަތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިނ…

ތޫފާނުގައި ސުމާތުރާގައި ލިބުނު ގެއްލުންތަކުން އަރައިގަނެ، ޢާންމު ޙާލަތަށް ގެންނަން ދެތިން މަސް ނަގާނެ

އިންޑޮނޭޝިޔާގެ ސުމާތުރާއަށް ބާރުގަދަ ތޫފަނެއް އަރައި، ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވެ، ލިބުނު ގެއްލުންތަކުން އަރައިގަނެ، ޢާންމު ޙާލަތަށް އެނބުރި އަންނަން ދެ ތިން މަހެއްހާ ދުވަސް އަދި ނަގާނެކަމަށް އެ ޤައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވިދާޅުވެއްޖެއެވެ. އިންޑޮނޭޝިޔާއަށް މިދިޔަ މަހުގެ ފަހުކޮޅު …

Loading fresh headlines…