Live 344,664 stories Updated Dec 15, 2025
Browse topics All stories

Latest stories

Live feed

ޗިލީގެ ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދެވީ ކަނާތު ފިޔައިގެ ހޯސޭ އެންތޯނިޔޯ ކާސްތު

ދެކުނު އެމެރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ ޗިލީގައި ޑިސެންބަރު 14ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ހޯސޭ އެންތޯނިޔޯ ކާސްތު ކުރި ހޯއްދަވައިފިއެވެ. ޗިލީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކާސްތު ވާދަ ކުރައްވާފައި ވަނީ، ސަރުކާރު ކެނޑިޑޭޓު ޔެނެތު ޚާރާއާއެވެ. ޚާރާގެ މައްޗަށް ކާސްތު ކުރި ހޯއްދަ…

ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނީ ކެނަބިސް ފަތް ކަމަށެވެ. ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، އަތުލައިގަތް މަސްތުވާތަ…

މީދޫގައި ބޭއްވި ރެފްރީ ކޯސް 14 ބައިވެރިން ފުރިހަމަކޮށްފި

ފުޓްސަލް އަދި ފުޓުބޯޅަ ރެފްރީން ތަމްރީނުކުރުމަށް މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ދ. މީދޫގައި ކުރިޔަށް ގެންދިޔަ ރެފްރީ ކޯސް ނިންމާލައިފިއެވެ. ޑިސެމްބަރު 5-13 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ކޯސް ފުރިހަމަކޮށްފައިވަނީ 14 ބައިވެރިންނެވެ. މި ކޯހުގައި ކިޔަވައިދި…

ރެކޯޑު މޮޅަކީ ބުރު ސްޕޯޓްސްއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް: ނިޒާމް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ލިބުނު ރެކޯޑު މޮޅަކީ ބުރު ސްޕޯޓްސް ކުލަބަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ބުރު ސްޕޯޓްސް މޮޅުވީ ޔޫވީ އަތުން 9-0 ގެ ތަފާތު ބޮޑ…

މިއީ ލަދުގަންނަވަރުގެ ފަރަގެއް، ނަމަވެސް މި ނަތީޖާ ބަދަލުކުރާނަން: ނަޒީހު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ބުރު ސްޕޯޓްސް ކުލަބު އަތުން 9-0 ގެ ނަތީޖާއަކުން ބަލިވިއިރު، މިއީ ލަދުގަންނަވަރުގެ ފަރަގެއް ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ. ލީގުގެ ދެވަނަ ބުރުގައި ބުރު ސްޕޯޓްސް އަތުން ތަފާތު ބޮޑުކޮށް ޔޫވީ ބަލިވިއިރު، މި ދެ ޓީމު ފުރަ…

ރާއްޖެއާ ޗައިނާ ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭތުން މަޝްވަރާކުރައްވައިފި

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން، މިސްޓަރ ވޮންގް ޑޮންގްމިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބ…

ރާއްޖެ އާ ޗައިނާ އާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން، މިސްޓަރ ވޮންގް ޑޮންގްމިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Loading fresh headlines…