Live 344,689 stories Updated Dec 15, 2025
Browse topics All stories

Latest stories

Live feed

ސަރުކާރުގެ ބޮޑު 12 ކުންފުނި ގެއްލުމުގައި! އެންމެ ބޮޑު ގެއްލުމެއް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ އާރްޑީސީ އަށް

މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ސަރުކާރު ހިއްސާވާ 12 ކުންފުންނި ހިންގީ ބޮޑު ގެއްލުމެއްގައި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފި

ޔުނެސްކޯގެ އިންޓާ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަން (ޔުނެސްކޯ-އައިއޯސީ) އިން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށްޓަކާ މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު މިއަދު އެކުލަވާލައިފި ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނެފިއެވެ.

އޯއޭސީޕީއެސްގެ ކައުންސިލް އޮފް މިނިސްޓަރސް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ 120 ވަނަ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެެއްޖެއެވެ. މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ ބެލްޖިއަމްއަށާއި، ޔޫރަޕި…

ޘަޤާފީ ތަރިކަ ހިމާޔަތްކޮށް ދިރުވުމަށް ޤައުމުތަކުގެ އެއްބާރުލުން މުހިއްމު: ވަޒީރު ޑރ.ޚަލީލް

ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ ޘަޤާފީ ތަރިކަ ހިމާޔަތްކޮށް ދިރުވުމަށް މުހިންމު ކަމެއްކަމަށް ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު ޑރ. ޚަލީލް މިފަދައިން ވިދާޅުވީ އ.ދ.ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސްގެ 11 ވަނަ ގްލޯބަލް ފޯރަމްގައި ބައިވެރިވެވަޑައިގެން ދެއްކެވި …

ވީއެމްސީގެ މެންބާޝިޕްގައި ބައިވެރިވުމުގެ ލުއި ފުރުސަތުތަކެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެންބާޝިޕްގައި ބައިވެރިވުމުގެ ލުއި ފުރުސަތުތަކެއް ފަހިކޮށްދީފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން ބުނެފިއެވެ.

Loading fresh headlines…