ފާޑުކިޔުން ބޮޑުވެ، އައިޕީޔޫ އާއި އައިއެލްއޯ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެމްޕީ މައުރޫފް ދޫކޮށްލައިފި
ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހައްޔަރު ކުރުމުން، ފާޑުކިޔުން ބޮޑުވެ ސަރުކާރު ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް އޭނާ ދޫކޮށްލައިފި އެވެ.