Live 344,722 stories Updated Dec 14, 2025
Browse topics All stories

Latest stories

Live feed

މަސްކެނޑުމުގެ މުބާރާތުގެ 1 ވަނަ ޢަލީ ނައީމާއި އައިޝަތު ޢަލީއަށް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ.ދުވާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތުގެ 1ވަނަ، ފިރިހެނުންގެ ކެޓަގަރީއިން އަލީ ނައީމް އަދި އަންހެނުންގެ ކެޓަގަރީއިން އާއިޝަތު ޢަލީ ހޯދައިފިއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ، އަންހެން އަދި ފިރިހެން ހިމެނޭހެން ދެ ކެޓަގަރީއަކަށް ބަހާލައިގެ…

ރ. ދުވާފަރު ގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ފަށައިފި

ރ. ދުވާފަރުގެ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމާއި، ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި ހޮނިހިރު ދުވަު ކުރިއަށްގެންދިޔަ ރަސްމިއްޔާތުތަކުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

އިހުތިޖާޖުކުރި މަސްވެރިން ހައްޔަރުކުރި މައްސަލަ އެމްޑީޕީން އައިއެލްއޯއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން 8 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

އިހުތިޖާޖުން ހައްޔަރުކުރި މީހުންގެ ބަންދު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

ބޮޑުކަންނެލި މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަންފެށި އިހުތިޖާޖުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ސިޔާސީ ނުފޫޒުން ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

ރައީސްގެ ދެކަނބަލުން ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

ދިވެހިރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ދިވެހި ރުއް އިންދަވައިދެއްވައިފިއެވެ.

މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް ވަރަށް ގާތުން ރައީސް ބައްލަވައި: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ މަސްވެރިންނާ ގާތުންކަމަށް މަސްވެރިކަމާއި ކަނޑުތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޙައްޖު އުމްރާ ކޮންފަރެންސްގެ ސްޓޯލްތަަކަށް އާންމުންގެ ބޮޑު ތަރުހީބެއް

ޙައްޖު ޢުމްރާ އެގްޒިބިޝަން 2025 ގެ ތެރެއިން ކުރިއަށް ގެންދިޔަ ސްޓޯލް ހަރަކާތްތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި މަޢުރަޒު ކުރިއަށް ގެންގޮސްފައިވަނީ، ދެ ދުވަހުގެ މުއްދަތަށެވެ. ރާއްޖޭގައި ބޭއްްވި ދެވަނަ ޙައްޖު…

2024 ވަނަ އަހަރުން ފެށިގެން 4 ރަށުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމުގެ ޔަގީން ކަން ދެއްވުމަށް ފަހު އޭގެ އަހަރެއް ފަހުން އެފަދަ ފުރަތަމަ ޝެޑު ހުޅުވައިފި

މިދިއަ 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ކަމުގައި ވާ ޑިސެމްބަރު 10 ވަނަ ދުވަހުން ފަށައިގެން، 4 ރަށަކުން އެސްޓީއޯ ރޭޓު ގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ދެއްވުމަށް ފަހު އޭގެ 1 އަހަރު ފަހުން އެ ރޭޓަށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރައީސު…

Loading fresh headlines…