"ސައުދީއާއި ރާއްޖެއާ އޮތް ގުޅުން މިހާރު މާބޮޑަށްވެސް ބަދަހިވެއްޖެ"
ސައުދީއާއި ރާއްޖެއާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، މިހާރު މިގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ ވިދާޅުވެއްޖެއެވެ. ސަޢުދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއ…