Live 351,114 stories Updated Aug 26, 2026
Browse topics All stories

Latest stories

Live feed

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމަށް ބަޔަކު މީހުން ހަމަލާދޭން ރާވަމުންދާ ކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާތީ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ރާއްޖެ ޓީވީން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް ސިޓީއ…

މިދިޔަ ހަފުތާގައި ސްކޭމްގެ 39 މައްސަލަ

މިދިޔަ ހަފުތާގައި ސްކޭމުގެ 39 މައްސަލަ ހުށައަޅާފައިވާ ކަމަށާއި، މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ 48.66 އިންސައްތަ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 5 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ފުލުހުންގެ ޚިދުމަތުން އ…

ކައުންސިލްތަކުގެ ބިން އަތުލާނަމަ އިންވެސްޓްމަންޓަށް ބަދަލު ދޭ ގޮތަށް ކޮމިޓީން ބިލް ފާސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހުންނަ ބިންތައް ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި އަތުލާއިރު، އިންވެސްޓްމަންޓަށް ބަދަލު ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ބިލް ފާސްކޮށްފި އެވެ.

ބައްސާމް އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި

ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ 32 އަހަރަށް ޖަލަށްލާފައި ހުރި ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލު އަނެއްކާ ވެސް ގޭބަންދަށް ބަދަލުކޮށްފިއެވެ.

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ހޫދު 23 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު ބަލައިގެންފި

ޓެރަރިޒަމްގެ މައްސަލަތަކެއްގައި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެ، އޭނާގެ މައްޗަށް ކޮށްފައިވާ 23 އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން، އެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި އެވެ.

ހިޔާވަހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން 244 މީހުނަށް ފައިސާ ދޫކޮށްފި

ގެދޮރު ބިނާކުރުމަށް ދޫކުރާ "ހިޔާވެހި" ފައިނޭންސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 244 މީހުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު

އޭއައިބީޑީގެ 24 ވަނަ ޖެނެރަލް ކޮންފަރެންސްގައި ޕީއެސްއެމް

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށްދާ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޮ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީގެ 24 ވަނަ ޖެނެރަލް ކޮންފަރެންސް އަދި އެއާއި ގުޅުންހުރި ބައްދަލުވުންތަކުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ބައިވެރިވެއްޖެއެވެ. މިމަހުގެ 24އިން ފެށި މިބައްދަލުވުން މާދަމާގ…

އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށްގެން ގެންދިޔަ ތަކެތި އަނބުރާ ރައްދުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާނެ ގާނޫނީ ހަމައެއް ނެތް: ކްރިމިނަލް ކޯޓު

އޮންލައިން ނޫސް "އަދަދު" ގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ނޫހުގެ އޮފީސް ބަލާފާސްކުރުމަށްފަހު ގެންދިޔަ ތަކެތި އަނބުރާ ރައްދު ކުރުމަށް އަމުރު ކުރާނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

Loading fresh headlines…