Live 354,967 stories Updated Feb 14, 2026
Browse topics All stories

Latest stories

Live feed

އައްޑޫގެ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި އައްޑޫގެ ދާއިރާތަކަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ބަޔަކު ގެއްލުންދީފި އެވެ.

ޠާރިޤް ރަޙްމާން: 20 އަހަރު ދުވަހު އަރުވާލެވިގެން ހުންނެވުމަށްފަހު ބޮޑުވަޒީރުކަމަށް

އަމިއްލަ ފަސްގަނޑާ ދުރުގައި ގާތްގަނޑަކަށް 20 އަހަރު ހުންނަވަންޖެހިވަޑައިގެންނެވި، ޠާރިޤް ރަޙްމާން އެނބުރި ބަންގްލަދޭޝަށް ވަޑައިގެންނެވިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އާންމު އިންތިޚާބުން ތާރީކީ ކާމިޔާބީއެއް ހޯއްދެވުމަށްފަހު، ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމާ ގާތަށް ވަޑައިގެންފިއެވެ.…

ބަންގްލަދޭޝްގެ އިންތިޚާބުގައި ބީއެންޕީން ހޯދި ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގެ އާންމު އިންތިހާބުގައި ހޯދި ކާމިޔާބީއަށް ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ، ބީއެންޕީ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޖަރުމަނުގައި ފަރުތައް ހިމާޔަތް ކުރުމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި

ޖަރުމަނު ވިލާތައް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ފަރުތައް ހިމާޔަތް ކުރުމުގެ މުހިންމު ކަމުގެ ވާހަކަ ދެއްކެވުމަށްފަހު މާލެ ވަޑައިގެންނެވި ގޮތަށް ފަރުތަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތް ކުރަމުންދާ ދެ ޑްރެޖަރު މުއިއްޒު ޕްރޮމޯޓު ކުރައްވައިފި އެވެ.

އެޕްސްޓީން ފައިލްގައި ބޭޒާރުވުމުން ޑީޕީ ވޯލްގެ ސީއީއޯގެ މަގާމުން ސުލަޔަމް ވަކިކޮށްފި

ކުޑަކުދިންނާ ބެހުމާއި ޖިންސީ އެކި ކުށްތައް ސާބިތުވި ޖެފްރީ އެޕްސްޓީންއާ އެކު ޑީޕީ ވޯލްޑްގެ ޗެއާމަން އަދި ސީއީއޯ ސުލްތާން އަހްމަދު ބިން ސުލަޔަމް ގިނަ މުއާމަލާތްތަކެއް ހިންގައި އޭނާގެ މުޑުދާރު އަމަލުތަކުގައި ބައިވެރިވެފައިވާކަން ހާމަވެފައި ވަނިކޮށް މަގާމުން ވަކިކޮށްފި އެވެ.

ހައިޖަމްޕްގެ ސީނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ނާއިކު އަދި ޝައިމްއަށް

13 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ ހައިޖަމްޕްގެ ސީނިއާ ކެޓަގަރީގެ އޯޕަން އިވެންޓުން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޔޫސުފް ނާއިލް ވަޖީހު އެއްވަނަ ހޯދައިފިއެވެ. ފެބުރުވަރީ 12-14 އަށް މާލޭ ކުޅިވަރު އެކުވެނީގައި ކުރިޔަށްދާ މި މުބާރާތުގެ ހައިޖަމްޕް އިވެންޓްގެ ސީނިއާ ކެޓަގަރީ…

ޕްރެޒިޑެންޓްސް ކަޕް: އީގަލްސް ބަލިކޮށް ނިއު ސެމީއަށް

ޕްރެޒިޑެންޓްސް ކަޕް 2026 ގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ނިއުއިން މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ފަހު މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ. މެ…

Loading fresh headlines…