Live 351,114 stories Updated Aug 25, 2026
Browse topics All stories

Latest stories

Live feed

ބާއްޖަވެރިކަން ހޯދުމަށް ރަސޫލާގެ ހަޔާތްޕުޅުން އިބްރަތް ހާސިލުކުރަންޖެހޭ

ކީރިތި ރަސޫލާ މުޙައްމަދު (ސ.އ.ވ) އަކީ މި ޢުއްމަތަށް ލިބިގެންދިޔަ އެފަދަ ދެވަނައެއް ނުވާ މިޢުއްމަތުގެ މާތް ނަބިއްޔާއެވެ. އިންސާނިއްޔަތަށް ނިޢުމަތެއްގެ ގޮތުގައި މާތްﷲ ދުނިޔެއަށް ފޮނުއްވި މުޙައްމަދުގެފާނު ސުވަރުގެ ވަޑައިގަތީ އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާގެ ގޮތުގައި މީސްތަކުންނަށް އިސްލާމްދީން ފުރި…

ބޭންކިން ސިނާޢަތު ވަރުގަދަކުރަން ޤާނޫނު އިސްލާހުކުރަނީ

ރާއްޖޭގެ އެތެރޭގެ ބޭންކިން ސިނާޢަތް ހަރުދަނާކޮށް ދިވެހި ބޭންކުތައް ވަރުގަދަ ކުރުމަށް، ބޭންކުތަކާ ބެހޭ ޤާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ރާއްޖޭގައި ބޭންކިން ނ…

އެތުލެޓިކޯއިން އަލްވަރޭޒް ބަނދެފި، އާސެނަލްގެ ހުށަހެޅުންވެސް ކަމަކުނުދިޔަ

ޔޫރަޕުގެ ޓްރާންސްފާ މާކެޓް ބަންދުވާން ބާކީ އޮތީ އެންމެ ހަ ދުވަހެވެ. އެންމެ ބޮޑު ނުތަނަވަސް ކަމެއްގައި އުޅެނީ ސްޕޭނުގެ އެތުލެޓިކޯ މެޑްރިޑްގައެވެ. އެ ކުލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ބޭނުންވަނީ ވާދަވެރި ބާސެލޯނާ އަށް ބަދަލުވާށެވެ. ދެކުނު އެމެރިކާގެ ގިނަ ކުޅުންތެރިން ބ…

މެލޭޝިޔާގެ ޖޮހޯރުން ބަލިނުވުމުގެ ދުނިޔޭގެ ރެކޯޑް ހަދައިފި

މެލޭޝިޔާގެ ސުޕަ ލީގު ކުލަބު ޖޮރޯހު އެފްސީއިން އެއްވެސް މެޗަކުން ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރުމުގެ ދުނިޔޭގެ ރެކޯޑް މިދިޔަ ހުކުރު ދުވަހު ހަދައިފި އެވެ. ވިދިވިދިގެން 12 ވަނަ ފަހަރަށް ހުސްވި ސީޒަނުގައި ސުޕަ ލީގު ކާމިޔާބު ކުރި ކުލަބުން ވަނީ މި ސީޒަނުގެ ފުރަތަމަ މެޗާއެކު ބަލިނުވެ 109 މެޗު ހަމަކޮށްފ…

ބަނގްލަދޭޝްއަށް ބްރެޒިލް ޤައުމީ ޓީމު ގެންދަނީ

ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމު ބަނގްލަދޭޝް އަށް ގެންދިއުމަށް ދެ ގައުމުން މަޝްވަރާ ކޮށްފި އެވެ. މި ގޮތުން މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ އިއްޔެ ބަނގްލަދޭޝްގަ އެވެ. އެއީ އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އިންޑިޔާގައި ބްރެޒިލް ކުޅޭ މެޗުގެ އިންތިޒާމްތައް އިންސްޕެކްޓް ކުރަން ދިޔަ ޓީމާއެކު…

އީރާނާ އެކު ވިޔަފާރިކުރާ ގައުމުތައް ވެސް ޑޮލަރުގެ ނިޒާމުން ބޭރުކުރާނެ ކަމަށް ބުނެ އާ ފިޔަވަޅުތަކެއް

އީރާނަށް އެހީތެރިވާ ކޮންމެ ބަޔަކު އެމެރިކާ ޑޮލަރު ބޭރުކުރާނެ ކަމުގެ އިންޒާރާ އެކު، ދުނިޔޭގެ މާލީ ނިޒާމުން އީރާން އެއްކޮށް އެކަހެރިކޮށްލުމަށް އެމެރިކާ ސަރުކާރުން އިގްތިސާދީ ބޮޑު ހަރަކާތެއް އިއުލާނުކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހަޅުއްވާފައިވާ އަބްދުލްއަޒީޒުގެ ނަން އަނބުރާ ގެންދެވުމަށް މެންބަރު ކުޑޫ ގޮވާލައްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން އަނބުރާ ގެންދެވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ގޮވާލައްވައިފި އެވެ.

ބިލެއްދޫއާއި މަގޫދޫ އަދި ދަރަނބޫދޫއާއި ފީއަލި މެޗު އެއްވަރު

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ފާފު އަތޮޅު މުބާރާތުގައި ހޯމަ ދުވަހު ކުޅުނު ދެމެޗު ވެސް އެއްވަރުވެގެން ނިމިއްޖެއެވެ. މި އަތޮޅުގެ ހުރިހާ މެޗެއްވެސް ފ. ނިލަންދޫގައި ކުޅޭއިރު ހޯމަ ދުވަހުގެ ހަވީރުގެ މެޗުގައި ބައްދަލުކުރީ ދަރަނބޫދޫއާއި ފީއައްޔެވެ. މި މެޗު ނިމުނީ 3-3 އިން ދެޓީމު އެއްވަރުވެގެނ…

ހުޅުމާލޭގައި "ބީޗް ބުކް ނޫކް" އެއް ގާއިމުކުރަނީ

ހުޅުމާލޭގައި ފޮތް ކިޔުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުމުގެ ގޮތުން "ބީޗް ބުކް ނޫކް" އެއް ގާއިމުކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޝެލްފް ކެއާ ބުކް ކްލަބާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

Loading fresh headlines…