Live 355,038 stories Updated Feb 12, 2026
Browse topics All stories

Latest stories

Live feed

ފީއަލީ ޞިއްޙީ މަރުކަޒުގައި އޮތް ޙާލު ބޮޑު ބަލި މީހަކު ސީއެމްބިއުލާންސް އާ ހަމައަށް ގެންދަން ޖެހުނީ ރަށު ޕިކަޕެއްގައި

ފ. ފީއަލީ ޞިއްޙީ މަރުކަޒުގައި އޮތް ޙާލު ބޮޑު ބަލި މީހަކު ފ. ނިލަންދޫ އަށް ގެންދަން، ސީއެމްބިއުލާންސް އާ ހަމައަށް ގެންދަން ޖެހުނީ ރަށު ޕިކަޕެއްގައި ކަން ހާމަވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް، ޒިޔާރަތް ކުރައްވައިފިއެވެ. އެމަނިކުފާނު އެމްބަސީއަށް ވަޑައިގެންނެވުމުން، މަރުޙަބާ ދެންނެވީ، ދިވެހިރާއްޖެއިން ޖަރުމަނު ވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝާން ޝާކިރާއި، އެމްބަސީގެ މުވައް…

ރާއްޖެ-އީޔޫގެ ޕާޓްނަޝިޕް ޑައިލޮގް، މަހުގެ ޓެރިފާއި ވިސާއަށް ލުއިދޭން މަޝްވަރާކޮށްފި

ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު 'ޕާޓްނަޝިޕް ޑައިލޮގް' ބާއްވައި، ރާއްޖޭގެ މަހުގެ ޓެރިފް އާއި ދިވެހިންނަށް އީޔޫގެ ގައުމުތަކުން އޮން އެރައިވަލް ވިސާ ދިނުން ހިމެނޭ ގޮތަށް ގިނަ ދާއިރާތަކަކުން މަޝްވަރާކޮށްފި އެވެ.

ގަޑިއަކު 155 މޭލަށް ވައިޖެހުނު ތޫފާނެއްގައި މަޑަކަސްކަރައިގެ ސިޓީއެއް ހަލާކުވެ 20 މީހުން މަރުވެއްޖެ

އާދަޔާ ހިލާފް ގަދަ ވަޔާ އެކު މަޑަކަސްކަރައަށް އެރި ތޫފާނެއްގައި، ދެ ވަނައަށް އެންމެ ބޮޑު ސިޓީގެ 75 ޕަސެންޓް ހަލާކުވެ މަދުވެގެން 20 މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ނެޝަނަލް އޮފީސް ފޯ ރިކްސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް (ބީއެންއާރްޖީސީ) މިއަދު ބުނެފި އެވެ.

ގޯއްޗާއި ފްލެޓަށް އެދި 3،600 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވޭ: މުތަލިބު

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މިހާތަނަށް 3600 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުތަލިބު ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ފްލެޓުތަކުން ކުނި ނަގައި ސާފު ކޮށްދޭން ޖެހޭ، އެއީ ސަރުކާރުގެ ޒިންމާ އެއް: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

މިސަރުކާރުން ގެދޮރުވެރިޔާ ފްލެޓުތަކުން ކުނި ނަގައި ސާފު ކޮށްދޭން ޖެހޭ ކަމަށާއި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ޒިންމާ ނަގަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތައް ނުނަގާ މައްސަލަ ރާއްޖެޓީވީން ސަމާލު ކަމަށް ގެނައުމުން އެތަކެތި ނަގައިފި

އަލިފާނުގެ ހާދިސާ ހިނގި ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތައް ނުނަގާ މައްސަލަ ސަމާލު ކަމަށް ގެނައި ދުވަހުގެ ރޭގަނޑު ނަގައިފި އެވެ.

ކައުންސިލް އިންތިޚާބުގައި ޕީއެންސީން ކެމްޕޭނުގެ ނަމުގައި މަސައްކަތް ކުރަނީ ކެންޑިޑޭޓުން ގަތުމަށް: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ޕާޓީ، ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން ހިންގާ ކެންޕޭނަކީ ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބުނެފި އެވެ.

Loading fresh headlines…